މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބިލެތްދޫ ދާއިރާއަށް ވާދަކުރެއްވި އެ ދާއިރާގެ މިހާރު ވެސް މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) އަށް ގޮނޑި ކާމިޔާބު ނުކުރެވުނީ އެންމެ ނުވަ ވޯޓުގެ ތަފާތުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
ބިލެތްދޫ ދާއިރާގައި ވޯޓުލުމުގެ ހައްގު 2،459 މީހަކަށް ލިބުނުއިރު ވޯޓު ލާފައިވަނީ 2،197 މީހުންނެވެ. އޭގެ ތެރެއިން 72 ވޯޓަކީ ބާތިލް ވޯޓެވެ.
އެ ދާއިރާއަށް ވާދަކުރެއްވީ އެމްޑީޕީގެ ފަރާތުން ދޮންބިލެތާއި ޕީއެންސީގެ ފަރާތުން އަހުމަދު އަސްލަމެވެ.
އީސީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަސްލަމަށް ލިބިވަޑައިގަތީ 1،067 ވޯޓެވެ. ދޮންބިލެތް ހަލީމަށް ލިބިވަޑައިގަތީ 1،058 ވޯޓެވެ. އެހެންކަމުން ދޮންބިލެތް ހަލީމުގެ މައްޗަށް އަސްލަމް ކުރި ހޯދީ ނުވަ ވޯޓުގެ ތަފާތަކުންނެވެ.
އެހާ ކުޑަ ތަފާތެއް އާންމުކޮށް ފެންނަ ވޯޓު ފޮށިތައް އަލުން ގުނުމަށް ޕާޓީތަކުގެ ފަރާތުން އީސީގައި އެދެ އެވެ. ނަމަވެސް މިފަހަރުގެ މަޖިލިސް އިންތިހާބުގައި ވޯޓު ފޮށި އަލުން ގުނުމަށް އެއްވެސް ޕާޓީއަކުން ނުވަތަ ކެންޑިޑޭޓަކު އަދި ފޮނުވައިފައެއް ނުވެ އެވެ.




ގުޅުންހުރި
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ވެރިކަންކުރާ ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،700 މީހުން
އެމްޑީޕީގެ ޗެއާޕާސަންކަމަށް ރީކޯ މޫސަގެ ޝައުގުވެރިކަން