މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ އެއާކްރާފްޓް މި އަހަރުގެ އޮކްޓޫބަރު މަހުގައި ގެނެސް، ބޭނުން ކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވެއްޖެ އެވެ.
މޯލްޑިވިއަނުން މުޅީން އަލަށް ވައިޑް-ބޮޑީ އެއާކްރާފްޓު އޮޕަރޭޝަން ފެށުމަށް ޓަކައި މިއަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އާ މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ އިތުރު ޓޫރިސްޓުން ރާއްޖެއަށް ގެނެވި، އިގުތިސާދު ފުޅާކުރުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
”ކުރިޔަށް މި އޮތް ދުވަސްތަކުގައި އައިލެންޑް އޭވިއޭޝަނަށް ވެސް އަދި އެމްއޭސީއެލްއަށް ވެސް އިތުރު ކުރިއެރުންތައް އަޅުގަނޑުމެން ގެނެސް، ވަރަށް ގިނަ ހަރުފަތްތަކެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، މި އަހަރުގެ ތެރޭގައި ގިރާކުރާނެ“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި އަހަރުގެ ތެރޭގައި ރައްޔިތުންނަށް އަމަލީ ގޮތުން ތަރައްގީ ފެނިގެންދާނެއެވެ.
މޯލްޑިވިއަން ގެ ހިދުމަތް 2،000 ވަނަ އަހަރު ފެށީ ޑޯނިއާ 228 އާއި ޑޭޝް-8 މަރުކާގެ ދެ ބޯޓާ އެކު އެވެ. މިއަދު މޯލްޑިވިއަން އަށް އިތުރު ކުރި އެއާބަސް އޭ330 ބޯޓާ އެކު އެ އެއާލައިންގެ ފްލީޓުގެ އަދަދު 25 އަށް އިތުރުވާނެ އެވެ. މޯލްޑިވިއަން އެއާލައިނުން މިހާރު ވެސް އަންނަނީ 29 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ.
ގުޅުންހުރި
ރަށްރަށަށް ވަޑައިގަތުމުގެ ބޭނުމަކީ މިއަހަރު ކޮށްދޭނެ ކަންކަމުގެ ވާހަކަ ކިޔައިދިނުން: ރައީސް
ހުރިހާ ރަށަކަށް ބޭނުންވާ ބޮޑުހިލަ ގެންނާނެ؛ މަޝްރޫއުތައް ކުރިއަށް ދާނެ: ރައީސް
ރަށްރަށުގައި ކަރަންޓު ކެނޑޭ މައްސަލަ ރަމަޟާންް މަހުގެ ކުރިން ހައްލުވާނެ: ރައީސް
މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ނަޑެއްލާގެ ބަނދަރު ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން މިމަހު އިއުލާނެ ކުރާނެ: ރައީސް
ރައީސް ގއ. އާއި ގދ. އަށް ފުރާވަޑައިގެންފި