ލާމު އަތޮޅުގައި އޮންނަ ސިކް ސެންސެސް ލާމު ކަނުހުރާ ރިސޯޓުގައި އެ ރިސޯޓުގެ ރީޖަނަލް ޖެނެރަލް މެނޭޖަރަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ލާމު އަތޮޅުގައި ހިންގާ ރިސޯޓެއްގައި އެ ރިސޯޓުގެ އިސް މަގާމެއް އަދާކުރާ މީހަކު ބައިސްކަލެއްގައި ދަނިކޮށް ފަހަތުން މީހަކު އައިސް ބޮލުގައި އެއްޗަކުން ޖަހައި މާރާމާރީ ހިންގި މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް ހަފްތާއަށް އެނގިފައިވާ ގޮތުގައި އެ ހަމަލާ ދީފައިވަނީ ސިކް ސެންސަސް ލާމުގެ ރީޖަނަލް ޖެނެރަލް މެނޭޖަރު މާޓިން ވޭން ވެލްއަށެވެ.
މާޓިންއަށް އަނިޔާވެގެން ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.




1 Comment
ގުޅުންހުރި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ތި ހެދީ ދޮގެއް – އަދިވެސް ދޮގުހަދާނަން؟
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް