މާދަމާއަކީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ސަރުކާރުން ދެންމެ ކަނޑައަޅައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ހަނދާ ބެހޭ ގަރާރު އިއްވައިފަ އެވެ.
މި އަހަރުގެ ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލ؛ީ ސައީދު ވިދާޅުވީ އިސްލާމީ ގިނަ ގައުމުތަކަށް ހަނދު ފެނިފައިވާ ކަމަށެވެ. އެހެންވެ ރާއްޖޭގައި ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް އަމަލުކުރާ އުސޫލުގައިވާ ގޮތުން މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަނޑައަޅާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
އެއަށްފަހު ވަނީ ހަނދާ ބެހޭ ގަރާރު އިއްވައިފަ އެވެ.
ގަރާރު އިއްވަމުން ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ 1446 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 މީލާދީ ސަނަތުން 2025 ފެބްރުއަރީ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށްފަހު ބައެއް އިސްލާމީ ގައުމުތަކަށް 1446 ވަނަ އަހަރުގެ ރަމަލާން މަހުގެ ހަނދު ފެނިފައިވާކަން ފަލަކީ އިތުބާރުހުރި އިލްމުތަކުން ސާބިތުވާ ކަމަށެވެ.
އެހެންވެ މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅާ ކަމަށް ގަރާރުގައި ޒަކަރިއްޔާ ވިދާޅުވި އެވެ

ގުޅުންހުރި
ދިގު ކިއުގައި ނުޖެހުނަސް ހުރިހާ ގެއަކަށް މަސްދަޅު ލިބޭނެ: އާދަމް ޝަރީފު
ރޯދަމަހާ ކުރިމަތިލާއިރު އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ފާފަތަކުން ދުރުވެ ތައުބާވުން
އެސްޓީއޯ އިން ބިހެއް ވިއްކާނީ 2ރ. އަށް، ކޭހެއް ވިއްކާނީ 310ރ.
އެސްޓީއޯ އިން ފިޔާ ކިލޯއަކުން 2 ރުފިޔާ އަދި ފިޔާ ބަސްތާއަކުން
ޝައިހް އިލްޔާސްގެ ދަރުހެއް، ”ތިބާގެ ރައްބާ ތިބާ ދުރުކޮށްލީ ކޮން ކަމެއް
އެސްޓީއޯ އިން މިހާރު ތާޒާ ލުނބޯ ލިބެން ހުންނާނެ, ކިލޯއެއް 40