ދަރިވަރުންގެ ތައުލީމާ ގުޅުންހުރި ކަންކަމުގައި ޓީޗަރުންނާއި ބެލެނިވެރިން ފަރުވާކުޑަވެގެންނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުމާ ގުޅިގެން ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ، ވަސީލަތްތަކާއި ޖާގައިގެ ގޮތުން ފަހި ސްކޫލު މާހައުލެއް ގާއިމުކޮށްދީ، ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުސަތުތައް ހޯދައިދިނުމާއި ތައުލީމީ ދާއިރާގެ ހުރިހާ ހިދުމަތްތެރިންނަށް ވެސް ރަނގަޅު މަގުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރައީސް ވިދާޅުވީ ދަރިވަރުންގެ ކަންކަމުގައި ބެލެނިވެރިން ވެސް ފަރުވާކުޑަކޮށްގެންނުވާނެ ކަމަށެވެ.
”ހީވާގި މުދައްރިސުންނަށާއި ތައުލީމީ ދާއިރާގެ ހިދުމަތްތެރީންނަށް އަޅުގަނޑުގެ އިލްތިމާސަކީ ކަމަށްކަމޭ ހީކުރެއްވުމާއެކު، އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވުން. ބެލެނިވެރީންގެ އަރިހުން އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ ލޮލުގެ ނޫރު ފަދަ ލޮބުވެތި ދަރީންނަށް ރަނގަޅު ތައުލީމާއެކު ހަރުދަނާ ތަރުބިއްޔަތެއް ދެއްވުމުގައި އެންމެ ހިނދުކޮޅެއް ވެސް ފަރުވާކުޑަ ނުކުރެއްވުން،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތަޢުލީމު ދިނުމުގެ ހައްގު ހަމަހަމަކަމާއެކު އެކު ފޯރުކޮށްދިނުމަށް ކަމަށެވެ.




ގުޅުންހުރި
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި