ކޯރާޑިއަކުން މީހަކަށް ހަމަލާ ދޭން އުޅުނު 61 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ މއ. ކޫލްއައިސިސް، އަހުމަދު ރަޝީދު (61އ.) އެވެ.
އޭނާ ހައްޔަރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
ބަންދު އަމުރުގައިވާ ގޮތުން ރަޝީދު މީހަކަށް ހަމަލާދޭން ކޯރާޑިއެއްގެ އިތުރުން ވަޅިއަކާއި ކަށިގަނޑެއް ވެސް ބޭނުންކުރަން އުޅުނު ކަމަށެވެ.



