މާލޭ ގެއެއްގެ ވެރިފަރާތަށް އަނިޔާކޮށް ބިރު ދެއްކި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ދޫކޮށްލައިފި އެވެ.
މިދިޔަ މާޗު މަހުގެ ނުވަ ވަނަ ދުވަހު ގަލޮޅުގެ ގެއަކަށް ވަދެ، އެ ގޭގެ ވެރިފަރާތަށް ބިރު ދެއްކި މައްސަލައެއްގައި އެ ހަތަރު މީހުން ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. އެ މީހުންނަކީ ތ. ގުރައިދޫ/ ފަޒާ، އަލީ ނަވާފު (21އ)، ނ. މަނަދޫ/ ހަވޭލީ، މުހައްމަދު އަޒާން (23އ)، ނ. ވެލިދޫ/ އެލަސް، އިބްރާހިމް އަހުނަފް (21އ) އަދި އއ. މާޅޮސް/ ރީތިހިޔާ، މުހައްމަދު އަފްލާހު (23އ) އެވެ.
އެ މީހުންނަށް ފުލުހުން ކުރީ ގަސްދުގައި މީހެއްގެ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތެވެ.
އެ ހަތަރު މީހުންގެ ބަންދުގެ މުއްދަތު ދެ ފަހަރަކަށް އިތުރުކުރުމަށްފަހު ތިންވަނަ ފަހަރަށް އިތުރުކުރަން ކޯޓަށް ގެންދިއުމުން އެ މީހުން ވަނީ ދޫކޮށްލައިފަ އެވެ. ސަބަބެއް ކަމަށް ކޯޓު އަމުރުގައި ބުނެފައިވަނީ އެ މީހުންނާ ދެކޮޅަށް ކުރެވޭ ތުހުމަތަށް އެކަށީގެންވާ ހެކި ފުލުހުން ފަރާތުން ހުށަހަޅާފައިނުވާތީ ކަމަށެވެ.
ކްރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލި އިރު، ދައުލަތުން ވަނީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދިފަ އެވެ.
ފުލުހުންނަށް ހެކި ނުދެއްކިގެން އެ ހަތަރު މީހުން ދޫކޮށްލި އިރު، ގަލޮޅު ގޭގެ ވެރި ފަރާތް ކަމަށް ބުނާ މީހާއަށް ބަޔަކު އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އެ ވީޑިއޯގައި ގޭގެ ވެރިމީހާ ކަމަށް ބުނާ މީހާގެ އަނގައިގައި ޓޭޕު އަޅައި ބަންދުކޮށް އޭނާގެ ގައިގައި ތަޅާ މަންޒަރު ފެނެ އެވެ. އަދި ރޯކޮށްފައި އޮތް ސިނގިރޭޓެއް އެ މީހާގެ ގައިގައި ޖައްސާތަން ވެސް ފެންނައިރު، އިތުރު މީހަކު ބޮޑު ހީރަސް ދައްޗެއްވެސް ހިފައިގެން އުޅޭތަންވެސް ފެނެ އެވެ.

1 Comment
ގުޅުންހުރި
ކުޑަހުވަދޫގެ އުސްގަނޑު މަގުގައި ކާބް ސްޓޯން ޖެހުން ކުރިއަށް، މަސައްކަތުގައި އަންހެނުން
މެއިންޓަނެންސް މަސައްކަތަކަށް ހިޔާގެ 4 ޓަވަރަކާއި އެމްޕީއެލްގެ ޓަވަރުތަކުން މާދަމާ ކަރަންޓް
ހައިވޭގައި ވޭނަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް، ކުޑަކުއްޖަކަށް ފަރުވާދެނީ!
40 އަހަރަށްފަހު ފުރަތަމަ ފަހަރަށް ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވަނީ
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ބިލް ރައީސް ތަސްދީގު ކުރައްވައިފި
ބިލު ފާސްކުރީ ނަތަންޔާހޫ، އިޒްރޭލު އަސްކަރިއްޔާއަށް ވެސް ރާއްޖެ އާދެވޭ ގޮތަށް: