ނުދައްކާހުރި ބިދޭސީންގެ ފީތަކުގެ ތެރެއިން 1.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހިމް ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ވިދާޅުވީ، 2023 ވަނަ އަހަރު ނިމިގެންދިޔައިރު ބިދޭސީންނާއި ގުޅުންހުރި ފީތައް ގަވާއިދުން ދައްކަމުންދިޔައީ އެންމެ 22 ޕަސަންޓް މީހުން ނުވަތަ ކުންފުނިތަކުންކަމަށެވެ.
ނަމަވެސް މިސަރުކާރުގެ މިވީ މުއްދަތުގެ ތެރޭގައި އެޅުއްވި ފިޔަވަޅުތަކާއި ކުރެވުނު މަސައްކަތުން، މިހާރު ބިދޭސީންގެ ފީތައް ދައްކާމީހުންގެ ނިސްބަތް %50އަށްވުރެ މައްޗަށް ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ބިދޭސީންގެ ފީގެ ގޮތުގަައި 1.7 ބިލިއަން ރުފިޔާ ނުލިބި އޮތް ކަމަށެވެ. ނަމަވެސް މިހާރު އޭގެ ތެރެއިން 1.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މަޖީދު ވިދާޅުވި އެވެ.
އެ ފައިސާ ހޯދުމުގެ ގޮތުން ހޯމް މިނިސްޓްރީން ވަނީ ގަވާއިދުން ފައިސާ ނުދައްކާ 1،000 މީހެއްގެ ނަން ވެސް އާންމުކޮށްފަ އެވެ.
ސަރުކާރުން ވަނީ ބިދޭސީންގެ ފީތަށް ދެއްކުމަށް އެ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފަ އެވެ.



ގުޅުންހުރި
ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު މަގާމުން ވަކިކޮށްފި
މުއްދަތު ހަމަވެފައިވާ ވޯކް ސައިޓުތައް ރަޖިސްޓްރީކުރަން އަންގައިފި
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި
މައުލޫމާތު ނުދިން 500 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިން: އިހުސާން
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
4 މަސާޖު ޕާލާއެއް ރެއިޑުކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު