މާލެ ސަރަހައްދުގައި 119،472 އުޅަނދު ދުއްވާ ކަމަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ދިރާސާގެ ރިޕޯޓުގައި ބުނެފި އެވެ.
.މާލެ ސަރަހައްދަށް ވެހިކަލް ރެެޖިސްޓްރީ ކުރެވޭނެ އެންމެ ގިނަ އަދަދު ކަނޑައެޅުމަށް ދިރާސާއެއް ހަދަން މާލެ ސިޓީ ކައުންސިލުން ވަނީ އައިޔޫއެމްއާ ހަވާލުކޮށްފަ އެވެ.
އައިޔޫއެމްއިން މިހާރު އެ ދިރާސާ ނިންމައި އޭގެ ރިޕޯޓު ވަނީ ތައްޔާރުކޮށްފަ އެވެ. ރިޕޯޓުގައިވާ ގޮތުން މާލެ ސަރަހައްދުގައި 103،300 ސައިކަލާއި 7،505 ކާރު ދުއްވަ އެވެ. ރިޕޯޓުގައި އައިޔޫއެމްއިން ބުނީ މާލޭ ސަރަހައްދުގައި ދުއްވާ ސއިކަލުގެ އަދަދު 76،518 އަށް އަދި ކާރުގެ އަދަދު 5610 އަކަށް މަދު ކުރުމަށް ފެންނަ ކަމަށެވެ. އަދި ވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ކޮންމެ 1،000 މީހަކަށް 321 ވެހިކަލްގެ ރޭޓުން އަދަދު ކޮންޓްރޯލް ކުރުމަށް ލަފާދީފަ އެވެ.
ރިޕޯޓުގައިވާ ގޮތިން މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންނާއި ދިވެހިން ހިމެނޭހެން މިހާރު ދިރިއުޅޭ 263،629 މީހުންގެ ތެރެއިން ކޮންމެ 1،000 މީހަކަށް 473 ވެހިކަލް ބޭނުންކުރެ އެވެ.
ރިޕޯޓުގައި ބުނީ 2014 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް 150،074 ވެހިކަލް އެތެރެކޮށްފައިވާ ކަމަށެވެ. އެއީ ފަސް ބިލިއަން ރުފިޔާގެ އަގުހުރި މުދާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 96،078 ސައިކަލާއި 8،926 ބެޓްރި ސައިކަލުގެ އިތުރުން 7،789 ކާރު ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ރޯޑް ވާތިނެސް ފުރިހަމަ ކޮށްގެން ދުއްވަނީ އެންމެ 23.5 ޕަސެންޓް ވެހިކަލް ކަމަށް ރިޕޯޓުގައިވެ އެވެ.

ގުޅުންހުރި
އީދަކީ އުފާވެރި ހަނދާންތައް ގެނުވާ ދުވަހަކަށް ހެދުމަށް ރައީސް އިލްތިމާސް ކުރައްވައިފި
ތިމާއާ ދޭތެރޭ ނުބައިކޮށް ހިތި މީހާއަށް މާފުކުރުމަކީ ވެސް ކުރެވޭ ހެޔޮ
ހައްޖަށް ދިއުމަށް ދެކެމުން އައި ހުވަފެން 98 އަހަރުގައި ހަގީގަތަކަށް، ލޮލުން
އަލްހަމްދުﷲ! ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމުގައި، އެންމެންގެ ހާލު ރަނގަޅު
ރައީސްގެ ދުއާއަކީ ދިވެހިންގެ ހިތްތަކުގައި އެއްބައެއްވަންތަކަން އާލާކުރެވި، އެކުވެރިކަން ބަދަހިވުން
ޑުރަގް މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި މީހަކު ހިތް