ގޭސް ޝިޕްމެންޓަކަށް އެޑްވާންސްކޮށް ދެއްކި ފަައިސާ ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައެއް

މޯލްޑިވް ގޭހުން ރާއްޖެއިން ބޭރު ކުންފުންޏަކަށް އެޑްވާންސަށް ފައިސާ ދެއްކުމުން ގޭސް ނުލިބި އެ ފައިސާ ގެއްލިފައިވާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެމާލިއްޔަތު ކޮމިޓީގައި މިއަދު ފެންމަތިކޮށްފި އެވެ.

އެ މައްސަލަ ފެންމަތިކުރީ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. ކޮމިޓީ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ އެކަމެއް ހިނގީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައި ކަމަށެވެ. ގެއްލުނު ފައިސާ ކުންފުންޏަށް އަދިވެސް ހޯދިފައިނުވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

”އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބައޮތް މޯލްޑިވް ގޭސްއިން އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި ގޭސް ޝިޕްމަންޓަކަށް ދެއްކި ފައިސާ ވެސް ވެއްޖެ ގެއްލިފައި މިހާރު. ދެން އެ ފައިސާ ހޯދުމުގެ ކަންތަކުގައި ވެސް އެއްވެސް ކާމިޔާބެއް ނުލިބި މިހާރު މި ދިޔައީ،“ ނާޒިމް ވިދާޅުވި އެވެ.

ގެއްލިފައިވަނީ ކިހައި ފަައިސާ ކަމެއް ނާޒިމް ވިދާަޅެއްނުވެ އެވެ.

ނަމަވެސް “ހަފްތާ”އަށް އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 250،000 ޑޮލަރެވެ.