ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓް (ސައުދީ ފަންޑް) ލޯނު ފަންޑިންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 400 އެފޯޑަބަލް ހައުސިން ޔުނިޓްގެ މަޝްރޫއު ފަށައިފި އެވެ.
އެ މަޝްރޫއު ފައްޓަވައިދެއްވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސައުދީ ފަންޑުގެ އެންމެ އިސްވެރިޔާ އަދި ސީއީއޯ ސުލްތާން ބިން އަބްދުލްރަހުމާން އަލް މަރްޝަދާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
މި މަޝްރޫއުއަށް ސައުދީ ފަންޑުން ދީފައިވަނީ 25 މިލިއަން އެމެރިކާ ޑޮލަރު (385 މިލިއަން ރުފިޔާ)ގެ ލޯނެކެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނީ، މި މަޝްރޫއު ވެގެންދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅު ކަމަށްވާ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދެއްވުމުގެ ސިޔާސަތުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެއް މަޝްރޫއު ކަމަށެވެ.
މި މަޝްރޫއުގެ މިހާރު ކުރިއަށްދަނީ ކޮންސަލްޓަންސީ ފާމްއެއް ހޮވުމުގެ މަރުހަލާ ކަމަށާއި މި އަހަރުގެ ފަހު ކުއާޓަރުގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.




ގުޅުންހުރި
ސަރުކާރު މުވައްޒަފުންނަށް މިމަހުގެ 12 ގައި ރޯދަ އިނާޔަތް ދެނީ
2.4 ބިލިއަން ރުފިޔާގެ ބޮންޑުން ބޭރު ފައިސާގެ ރިޒާވެއް އުފެދޭނެ: ޕެންޝަން
ފުރަތަމަ 24 ގަޑިއިރު ތެރޭ ގޯއްޗާއި ފުލެޓަށް 518 އެޕްލިކޭޝަން
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު
ފުލެޓުތަކުގެ މަސައްކަތް ބީޔޫސީޖީ އާއި ސީއެމްއީސީއަށް، އަންނަ މަހު މަސައްކަތް ފަށަނީ
ބޯހިޔާވަހިކަމަށް ބަޖެޓުގައި ޖެހި 1.8 ބިލިއަންގެ ތެރެއިން ހަރަދުކުރީ އެންމެ 10