ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންގެ ފޭލިގެތަކަށާއި މިސްކިތަކަށް އިޒްރޭލުން ބޮން އަޅައިފި

އިޒްރޭލުން ގައްޒާގެ މިސްކިތަކަށާއި ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު ހިޔާވަހިކަން ހޯދަމުންދިޔަ ފޭލިގެތަކަށް ބޮން އަޅައި ސުންނާފަތިކޮށްލައިފި އެވެ.

އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން އިއްޔެ ދިން ހަމަލާތަކުގައި ސުންނާފަތި ކޮށްލާފައިވަނީ ޢައްޒާ ސިޓީގެ ޔަންގް މެންސް ކްރިސްޓިއަން އެސޯސިއޭޝަން އިމާރާތް ކައިރީގައި ހުންނަ އަލްމުއްތަގީން މިސްކިތާއި ނުސީރާތު ރެފިއުޖީ ކޭމްޕުގެ ފޭލިގެތަކެވެ.

އެ ހަމަލާތަކުގައި ފަލަސްތީނުގެ އެކަކު ޝަހީދުކޮށްލައި، 12 މީހުންނަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދައިރުލް ބަލަހްގައި ހުރެ ރިޕޯޓުކުރަމުން އަލްޖަޒީރާގެ ތާރިގް އަބޫ އަޒޫމް ބުނީ، އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ގައްޒާގެ މެދުތެރެއާއި އުތުރުގެ ސަރަހައްދުތަކަށް އަމާޒުކޮށް ސިލްސިލާ ވައިގެ ހަމަލާތަކެއް ދިނުމުގެ ކުރިން މުޅި ސަރަހައްދަށް އިންޒާރު ދިން ކަމަށެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މީހުންނަށް ލިބުނީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށް އޭނާ ބުންޏެވެ.

ސިއްހީ އޮފިޝަލުންނާ ހަވާލާދީ އަބޫ އަޒޫމް ބުނީ، އިޒްރޭލުގެ ހަމަލާ އަމާޒުކުރީ ކާރޫބާރޫ ބޮޑު މާރުކޭޓެއްގައި ތިބި ފަލަސްތީނު ބަޔަކަށް ކަމަށެވެ.