ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ކުރީގެ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އައްޔަންކުރައްވައިފި އެވެ.
’ހަފްތާ‘ އަށް އެނގިފައިވާ ގޮތުގައި މާރިޔާ އެ މަގާމަށް އައްޔަންކުރެއްވީ މި މަހުގެ ކުރީކޮޅު އެވެ. ނަމަވެސް މި މައުލޫމާތު ރައީސް އޮފީހަކުންވެސް އަދި ފޮރިން މިނިސްޓްރީއަކުންވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ޑރ. މާރިޔާ މި ސަރުކާރުގައި ފުރަތަމަ ހުންނެވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައެވެ. ނަމަވެސް 26 ޑިސެމްބަރު 2024 ގައި މިނިސްޓްރީތައް އުވާލައި, މިނިސްޓްރީތައް އެއްކޮށްލައި ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނެވުމަށްފަހު އޭނާ އައްޔަންކުރެއްވީ އެގްރިކަލްޗާ މިނިސްޓަރުގެ މަގާމަށެވެ.
ޑރ. މާރިޔާ މި ސަރުކާރުގެ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ 14 އޭޕްރިލް 2026 ގައެވެ.


