އައްޔަންކުރިތާ ތިން މަސް ފަހުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން ނާޒިމް އިސްތިއުފާ ދީފި

ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ---

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުން އަބްދުالله ނާޒިމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފު (މުންދު) އެކަން މީޑިއާތަކަށް ކަށަވަރު ކޮށްދިން ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެ އެވެ.

މިނިސްޓަރު ފެންވަރުގައި ނާޒިމް ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމަށް ނާޒިމް އައްޔަންކުރެއްވީ މި އަހަރުގެ ޖޫން މަހުގެ ކުރީކޮޅު އެވެ.

މި ސަރުކާރުގައި ނާޒިމް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމަށެވެ. އެއަށްފަހު ކެބިނެޓަށް ގެނައި ބަދަލުތަކާ ގުޅިގެން ހެލްތް މިނިސްޓަރަކަށް އޭނާ އައްޔަންކުރެއްވި އެވެ.

އޭނާ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ.