މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މާލެ، ގަލޮޅު، ހުވަފެނީގޯޅީގައި ބަޔަކު މާރާމާރީ ހިންގާކަމުގެ މައުލޫމާތު ރޭ ދަންވަރު 2:32 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވި އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކަށް ފަރުވާދިނުމަށްޓަކައި އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ސާފެއް ނޫނެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.