ކަލްޓަން ރެފްރިޖަރަންޓް: ތިމާވެއްޓާ ރައްޓެހި އަދި އެންމެ ކުޑަ އަގުގައި މޯލްޑިވް ގޭސް އިން

މ
18 ޖުލައި 2025 19:021 މިނިޓުގެ ކިޔުން
Aa

ދިވެހިރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އޭސީ ގޭހެއްގެ ގޮތުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުން ވަނީ ކަލްޓަން ބްރޭންޑްގެ ރެފްރިޖަރަންޓް ގޭސްތައް ރާއްޖެއަށް ތައާރަފުކޮށްފި އެވެ. އަދި އެ ގޭސް ވިއްކުމުގެ ހުއްދަ ލިބިފައިވާ ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި ރަސްމީކޮށް ޕާޓްނާޝިޕެއް އިއުލާންކޮށްފަ އެވެ.

ތިމާވެއްޓާ ރައްޓެހި ޗޮއިސް

ކަލްޓަން ގޭހަކީ އޭގެއިން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކަމަށް މުޅި ދުނިޔެވެސް ބަލައިގަނެފައިވާ ގޭހެކެވެ. އޯޒޯން ފަށަލަ ރައްކާތެރިކުރުމާއި ގްލޯބަލް ވޯމިންގ ޕޮޓެންޝަލް (ޖީ.ޑަބްލިއު.ޕީ) ކުޑަކުރުމަށް ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާގޮތަށް އުފައްދާފައިވާ ގޭހެކެވެ. ކާލްޓަން ޕްރޮޑަކްޓްތަކަކީ ޕަރފޯމަންސްއަށް އަސަރު ނުކުރާ ގޮތަށް އިތުރަށް ރައްކާތެރި އަދި ދެމެހެއްޓެނިވި ހައްލެކެވެ. މި ރެފްރިޖަރަންޓްތަކުން ދިވެހިރާއްޖޭގެ ފުޅާ މޫސުމީ ލަނޑުދަނޑިތަކަށާއި ތިމާވެއްޓާ ރައްޓެހި ފިނިކުރުމުގެނިޒާމުތަކަށް ބަދަލުވުމަށް އެހީތެރިވެދެއެވެ.

”ކާލްޓަން ގޭސްތަކަކީ އިތުބާރުހުރި، ރައްކާތެރި އަދި ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތައް ފޯރުކޮށްދިނުމުގެ އަޅުގަނޑުމެންގެ އަޒުމާ ވަރަށް ރަނގަޅަށް ދިމާވާ އެއްޗެކެވެ،“ މޯލްޑިވްސް ގޭސްގެ ފަރާތުން ވާހަކަދެއްކި ފަރާތަކުން ބުންޏެވެ. ”ޤައުމުގެ އިތުބާރު ލިބިފައިވާ ގޭސް ސަޕްލަޔަރެއްގެ ހައިސިއްޔަތުން، ތިމާވެއްޓާ ރައްޓެހި ރެފްރިޖަރަންޓް އޮޕްޝަންތަކަށް ބަދަލުވުމުގައި އިސްނެގުމަށް އަޅުގަނޑުމެން ފަޚުރުވެރިވަމެވެ.”

މާރުކޭޓުގައި އެންމެ ހެޔޮ އަގު

މޯލްޑިވްސް ގޭސްއިން ވަނީ ކަލްޓަން ރެފްރިޖަރަންޓްތައް ރާއްޖޭގައި އެންމެ ހެޔޮއަގުތަކުގައި ލިބެންހުރިކަން ކަށަވަރުކޮށްދީފައެވެ. ކުންފުނިން ކަށަވަރު ކޮށްދެނީ،ވިޔަފާރިތަކަށާއި ގޭބިސީތަކަށް އަތްފޯރާފަށުގައި ފެންވަރު ރަނގަޅު ރެފްރިޖަރަންޓް ގޭސްތައް ލިބޭނެކަމެވެ

މުޅި ރާއްޖެއިން ލިބޭނެ

ކަސްޓަމަރުންނަށް ކަލްޓަން ރެފްރިޖަރަންޓްތައް ސީދާ މޯލްޑިވްސް ގޭސްގެއައުޓްލެޓްތަކުން ލިބެންހުންނާނެއެވެ. އަދި ރާއްޖެތެރޭ ރަށްތަކުގައި ދިރިއުޅުއްވާ ފަރާތްތަކުންވެސް މޯލްޑިވްގޭސްގެ ވެބްސައިޓް އިން ނުވަތަ 7226632އަށް ވައިބަރ މެދުވެރިކޮށް އޯޑަރ ދެއްވުމުން ފެރީ އަދި ބޯޓްފަހަރުތަކަށް ޑެލިވާކޮށްދޭނެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.