ޗީޒީ ޗިކަން ބްރެޑް

ހަފްތާ ބަދިގެ: ޗީޒީ ޗިކަން ބްރެޑް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ބޭނުންވާ ތަކެތި

  • 1 ފިޔާ (ކުދިކޮށް ކޮށާފައި)

  • 500ގ ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)

  • 1 މޭޒުމަތީ ސަމުސާ ޖިންޖާ ގާލިކް ޕޭސްޓް

  • 1 ކެޕްސިކަމް (ކުދިކޮށް ކޮށާފައި)

  • 1 ޖީޑު ސްވީޓް ކޯން

  • 1 ސައިސަމުސާ ޕަޕްރީކާ

  • 1 ސައިސަމުސާ އަސޭމިރުސް

  • ރަހަލާވަރަށް ލޮނު

  • ½ ސައިސަމުސާ ކިއުމިން ޕައުޑަރު

  • މަޔޮނައިސް

  • މޮޒަރެއްލާ ޗީޒް (ގާނާފައި)

  • 1 ސަބްމެރީން ބްރެޑް ( ފޮތި ފޮތި ކުރެވިފައި)

ތައްޔާރުކުރާނެ ގޮތް

ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ފިޔާ އަދި ކެޕްސިކަމް އަޅައި ފިޔާކޮޅު ރަތްކޮށްލާށެވެ. އެއަށްފަހު ޖިންޖާ ގާލިކް ޕޭސްޓް އަޅައި އެއްކޮށްލުމަށްފަހު ކުކުޅު، ޕަޕްރީކާ، އަސޭމިރުސް، ލޮނު، ކިއުމިން އަޅައި ކުކުޅުކޮޅު ރޯފިލުވާލާށެވެ.

ދެން މީގެ ތެރެއަށް ސްވީޓް ކޯން ކޮޅު އަޅައި 5 މިނެޓް ވަންދެން އަނެއްކާވެސް ކައްކާލުމަށްފަހު މީގެ ތެރެއަށް ޗީޒްކޮޅެއް އަޅައި އެއްކުރުމަށްފަހު އުނދުން މަތީން ބާލާށެވެ.

ހިހޫ ވުމުން މީގެ ތެރެއަށް މަޔޮނައިސް އަޅައި އެއްކޮށްލާށެވެ. ޕާން ފޮތިތައް ޓްރޭއެއްގައި އަތުރާލުމަށްފަހު ފޮތިތަކުގެ މަތީގައި ތައްޔާރުކުރި މިކްސް ފަތުރާލާށެވެ. ދެން މީގެ މަތީގައި ޗީޒްކޮޅު ފަތުރާލުމަށްފަހު ހޫނުކުރެވިފައިވާ އަވަނެއްގައި އެ ޕާން ފޮތިތައް ޗީޒް ކޮޅު ދިޔާވަންދެން ފިހެލާށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.