މުޖުތަމައުގެ އެއްބައިވަންތަކަމާއި ލޯބި ދެމެހެއްޓުމަށް އިސްލާމްދީން ދަސްކޮށް އެންމެ މުހިންމު އެއްސިފައަކީ ނިއުމަތްތަކަށް ޝުކުރުވެރި ވުމެވެ.
ނިއުމަތްތަކަށް ޝުކުރުވެރި ވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވާ ތައްޔާރުކޮށްފައިވާމިއަދުގެ ހުކުރު ހުތުބާގައި ވަނީ ﷲ ތައާލާގެ ނިއުމަތްތަކަކީ ގުނައި އަދަދު ނުކުރެވޭހައި ގިނަގުނަ ނިއުމަތްތަކެއް ކަމަށެވެ. އަދި ﷲ ގެ ނިއުމަތްތަށް ތިޔަބައިމީހުން ގުނާނަމަ ތިޔަބައިމީހުންނަށް އެނިއުމަތްތަށް އަދަދު އެއްނުކުރެވޭ ހައި ގިނަ ގުނަ ކަމަށްވެސް މިއަދުގެ ހުކުރު ޚުޠުބާގައި ބުންޏެވެ.
" ހަމަކަށަވަރުން އިންސާނާއަކީ އަނިޔާވެރިވުން ބޮޑު ޝުކުރުކުރުން ނެތް މީހެކެވެ.މާތްﷲ ގެ ނިއުމަތްތަކަށް ޝުކުރުވެރިވުމަކީ ﷲގެ ފަޟްލުވަންތަ ވެރިކަމަށް އިއުތިރާފްވެ،އެނިއުމަތްތަށް އެކަލާންގެ ރުހިވޮޑިގަންނަވާ ގޮތަށް ބޭނުންކުރުމެވެ." މިއަދުގެ ހުކުރު ޚުޠުބާގައި ވެއެވެ.
އަދި އެފަދަ ކަންކަމަކީ ދީނާއި ދުނިޔެއަށް ހެޔޮކަންގެނެސްދޭ އަދި ﷲ ގެ ލޯތްބާއި ރުހިވޮޑިގަތުން ލިބޭ މަތިވެރި އަޅުކަމެއްކަމަށްވެސް ޚުޠުބާގައިވަނީ ބުނެފައެވެ.
މާތް ﷲ އަށް ޝުކުރުވެރި ވުމުގެ އިތުރަށް އިންސާނުންގެ ހެޔޮފޯރުވުންތަކަށް ޝުކުރު އަދާކުރުމަކީވެސް އިސްލާމީ ތަރުބިއްޔަތުގައި ނުހަނު ބޮޑު އަހަމިއްޔަތެއް ދީފައިވާ އަޅުކަމެއްކަމަށާއި، ޚާއްކޮށް މައިންބަފައިންނަށް ޝުކުރުވެރިވުމަށް މާތްﷲއަމުރުކުރައްވާފައިވާކަމަށެވެ." ތިމަން ރަސްކަލާންގެ އަށާއި ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ.އެބުރި ރުޖޫއުވުން ވަނީ ހަމަ ތިމަން ރަސްކަލާންގެ ހަޒްރަތަށެވެ."
އަދި މީހަކަށް ހެޔޮކަމެއް ކޮށްދިނުމުން އެމީހަކަށް (ﷲ ތިބާޔަށް ހެޔޮޖަޒާދެއްވާށި)އޭ ބުނެފިނަމަ ހަމަކަށަވަރުން ޝުކުރުވެރިވުމުގެ އެންމެ މަތިވެރި ދަރަޖަށް އޭނާ ވާސިލްވެއްޖެއެވެ.އަދި ތިމާ ދަތި ހާލުގައި ވަނިކޮށް މާތްﷲ ގެ ފަޟްލަވަންތަވެރިކަމުން ތަނަވަސްކަން ދެއްވިކަން ހަދާންކޮށް މީހުންނަށް އެފަދަ ވާހަކަތަށް ކިޔަދީ އުޅުމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.
މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްބުޅެއްގެ މާނާގައި ވެއެވެ...
ތިޔަބައިމީހުންގެ ވެރިރަސްކަލާންގެ އެންގެވި ހިދު ހަދުމަކުރާށެވެ.! ހަމަކަށަވަރުން ތިޔަބައިމީހުން ޝުކުރު ކޮށްފިނަމަ ހަމަކަށަވަރުން ތިމަން ރަސްކަލާންގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާ ހުށިކަމެވެ.އަދި ތިޔަބައިމީހުން ޝުކުރުނުކޮށް ކާފިރުވެއްޖެނަމަ ހަމަކަށަވަރުން ތިމަން ރަސްކަލާންގެ އަޒާބު ގަދަފަދަ ވެގެންވާކަން ކަށަވަރެވެ.











ކޮމެންޓް