Iraq

އިރާގުގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރު އަލްޢަލްވާނީ، މަރުވެފައި އޮއްވާ ފެނިއްޖެ

ގ
11 ނޮވެމްބަރު 2026 15:021 މިނިޓުގެ ކިޔުން
Aa

އިރާގުގެ ކުރީގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ އަޙްމަދު އަލްޢަލްވާނީ، ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ އެޕާޓްމަންޓެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ލުބުނާނުގެ ސަލާމަތީ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުގައި ބުނެފައިވަނީ ލުބުނާނުގެ ކަމާބެހޭ އިދާރާތަކުން އަލްއަލްވާނީ ގެ މަރުގެ މައްސަލަ ގަސްތުގައި މީހަކު މަރާލުމުގެ މައްސަލައެއްގެ ގޮތުގައި ތަޙްޤީޤު ކުރަމުންއަންނަކަމަށެވެ. އެހެންނަމަވެސް އަލްޢަލްވާނީ މަރުވި ސީދާ ސަބަބުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ލުބުނާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލް-ޢަލްވާނީގެ ހަށިގަނޑު ފެނިފައިވަނީ ބައިރޫތުގެ ތާރީޤުލް ޖަދީދު ސަރަޙައްދުގައި ހުރި އެޕާޓްމަންޓަކުން މިދިޔަ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ލުބުނާނުގެ ރަސްމީ ނިއުސް އެޖެންސީ (އެން.އެން.އޭ) އިން ހާމަކޮށްފައިވާ ގޮތުގައި، އަލް-ޢަލްވާނީ މަރާލި މައްސަލައިގެ ތަޙްޤީޤު އެ ޤައުމުގެ އިސް ޕްރޮސެކިއުޓަރ، ޖަޖް އަޙްމަދު ރާމީ އަލް-ޙާއްޖު ސީދާ ބައްލަވަމުން ގެންދަވާއިރު، މި ތަޙްޤީޤު ކުރިއަށް ގެންދަނީ ލުބުނާނުގެ އިންޓަރނަލް ސެކިއުރިޓީ ފޯސަސްގެ އިންފޮމޭޝަން ބްރާންޗުންނެވެ.

މިކަމާ ގުޅިގެން އަލް-ޢަލްވާނީގެ އޮފީހުން "އެކްސް" މެދުވެރިކޮށް ނެރުނު ބަޔާނެއްގައި،ވަނީ ކުރީގެ މެންބަރުގެ މަރުގެ ހާދިސާއަކީ "ރޭވުންތެރި އަވަހާރަކޮށްލުމެއް" ކަމަށާއި އަދި އެއީ "ނުލަފާ ޖަރީމާއެއް" ކަމަށް ސިފަކޮށްފައިވެއެވެ.

އަދި މި ހާދިސާގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި، މި ޢަމަލު ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.

Read in English
Former Iraqi MP al-Alwani found dead
މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.