ޖުލައި 2, 2024

ވަރުބަލިކަން އިހުސާސް ކުރެވޭތަ..! މިއޮތީ ހައްލު

އަބަދުވެސް ވަރުބަލިކަން އިހުސާސްވެ، ސްޓްރެސް ބޮޑުވެ އެކަށީގެންވާ ނިދި ނުލިބޭ މީހުންނަށް ފަސޭހަ ފަރުވާއެއް ހާމަކޮށްފިއެވެ.

ސްލީޕް އެކްސްޕާޓު ޑޮކްޓަރު ނެރީނާ ރަމްލަޚާން ވިދާޅުވަނީ އަނގަ ބަންދުކޮށްގެން އެތެރެއަށް ނޭވާއެއް ދަމާލުމަށްފަހު އެނޭވާ ދިގުކޮށް ބޭރުކޮށްލުން ނުވަތަ“ ހަމްމިން“ ކުރުމުން ގުދުރަތީ ގޮތުން ހަށިގަނޑުގައި އުފެދިފައިވާ ވަރުބަލިކަމުގެ އިހްސާސްތަށް ކުޑަވެގެންދާ ކަމަށެވެ.

މިކަމާއި ގުޅިގެން ސައިންސްވެރިން ކުރި ދިރާސާތަކުން ވެސް ހަމްމިންގެ ސަބަބުން ނައިޓްރިކް އޮކްސައިޑް އިތުރުވާ ކަން ކަށަވަރުވެފައިވާ އިރު، އެހެން ބައެއް ތަޖުރިބާކާރުން އެއްބަސްވާ ގޮތުގައި ހަމްމިން ކުރުމަކީ ހަގީގަތުގައި ވެސް ވަރުބަލިކަމުގެ އިހުސާސްތައް ކުޑަކޮށްދޭ ކަމެކެވެ.

ނައިޓްރިކް އޮކްސައިޑް ގެ ދިރާސާއިން ނޮބެލް އިނާމު ހާސިލްކޮށްފައިވާ ލުއިސް އިގްނާރޯ ވިދާޅުވި ގޮތުގައި ހަމްމިން ނިންމާލުމަށް ފަހު ވަގުތުން ނޭފަތުން ނޭވާލައިފިނަމަ ނައިޓްރިކް އޮކްސައިޑްގެ ވަރަށް ބޮޑު ބައެއް ހިފަހައްޓާލެވޭނެ އެވެ.

ނައިޓްރިކް އޮކްސައިޑަކީ ފުއްޕާމެއަށް އިތުރު އޮކްސިޖަން ލިބުމަށް މަގުފަހިވާ ގޮތަށް ނޭވާލާ ނިޒާމު ފުޅާކޮށް، ލޭހޮޅިތައް ފުޅާކޮށް ހުޅުވުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި ލޭ ދައުރުވާ މިންވަރު އިތުރުވުމުގެ ސަބަބުން ބަލިން ސަލާމަތްވުމަށް ވަރަށް މުހިންމުވެ ލޭ ދައުރުވުން ރަނގަޅުވެގެންދާކަމަށެވެ. އެގޮތުން މަދު ސިކުންތެއްގެ ހަމްމިންއަކީ ތިބާއަށް ބޭނުންވާ އެއްޗެއް ކަމަށް ކެރޮލިންސްކާ އިންސްޓިޓިއުޓްގެ ރިސާޗަރެއް ކަމަށްވާ އެޑީ ވެއިޓްޒްބާގް، ވަނީ ވިދާޅުވެފައެވެ.

އެޑީ ވެއިޓްޒްބާގް ވިދާޅުވި ގޮތުގައި އެންމެ ފަސް ސިކުންތުގެ ހަމްކުރުމުގެ ސަބަބުން އާދައިގެ ގޮތަކަށް ނޭވާލުމުގައި ލިބޭ ނައިޓްރިކް އޮކްސައިޑާއި އަޅާ ބަލާއިރު 15 ގުނަ އިތުރުވެގެންދެއެވެ. އެހެންކަމުން މިއީ ތިބާގެ ވަރުބަލިކަމުގެ އިހްސާސް ފިލުވާލުމުގެ އިތުރުން ތިބާގެ ސްޓްރެސް ފިލުވާލުމަށްވެސް މުހިންމު ކަމެކެވެ.

ނިންމާލަމުންވެސް ޑރ ނެރީނާ ރަމްލަޚާން ވަނީ އިތުރު ތިޔަރީއެއް ބުނެދީފައެވެ. އެއީ ވަރުބަލިކަން އިހުސާސްވާ ހިނދު ދެލޯ މަރާލުމަށްފަހު ކުރީގެ ހަނދާންތަކުގެ ތެރެއިން ތަސްވީރެއްގެ ހަދާން އާކޮށްލާށެވެ، އަދި އެއާއި އެކު އެތަސްވީރުން އިހްސާސްކުރެވުނު އެއްޗަކާއި އެކު އެ އިހުސާސް ކުރެވުނު ގޮތް،  ނުވަތަ އެވަގުތު އުޑުގަ ހުންނާނެ ކަމަށް ލަފާކުރެވޭ ކުލަ،“ ހަދާނަށް ގެނައުން ވަރަށް މުހިންމުކަމަށެވެ.

 

 

Leave a Reply