ނޮވެމްބަރ 24, 2024

ސިޔާމްގެ ބައްޕާފުޅު އަވަހާރަވެއްޖެ

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ބައްޕާފުޅު، ނ. ކުޑަފަރީ، މުހައްމަދު ގާސިމް މިއަދު އަވަހާރަވެއްޖެ އެވެ

މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް އަވަހާރަވީ އާލާސްކަންފުޅާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 81 އަހަރެވެ.

ކުޑަފަރީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ގާސިމަކީ ވަނީ އެ ރަށުގެ ކަތީބުކަމުގެ އިތުރުން ސްކޫލުގެ ނާޒިރުކަންވެސް ކުރައްވައިފަ އެވެ.

ގާސިމްގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.