އެ މަނިކުފާނުގެ މި ފަސް އަހަރު ނިމޭއިރު ގެދޮރުގެ މައްސަލައަށް ހައްލު ނުލިބޭ އެއްވެސް މީހަކު މާލެ ސަރަހައްދުގައި ނުހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗު ކުރުމަށް ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގެދޮރުގެ މައްސަލައަކީ ގައުމީ ބޮޑެތި މައްސަލަތަކަށްފަހު ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށާއި އެ މައްސަލަ އެންމެ ބޮޑީ މާލެއަށް ކަމަށެވެ.
އެކަން ހައްލުކުރުމަށް ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިމާއި ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި އެ ތަންތަން ހިއްކާނީ ކުރީ ސަރުކާރުން ހިއްކަން ނިންމާފައިވާ ވަރަށްވުރެ ބިން ވެސް އިތުރު ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާއިރު، ގެދޮރަށް ހާއްސަކޮށް ސަރުކާރުން ތައާރަފުކުރާ ފަސް ޕެސެންޓް ކުޑަ ލޯނާއި އެހެންވެސް ފުރުސަތުގެ އެހީގައި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ނިމުން އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑު 100 ޕަސެންޓް ޔަގީންކަން އަބަދުވެސް ދޭ ކަމެއް، ޔަގީންކަން މިރޭވެސް ދޭނީ ހަމަ 100 ޕަސެންޓަށް. އަޅުގަނޑުމެންގެ މި ދައުރުގެ ފަސް އަހަރު ނިމުމުގެ ކުރީގައި މި ދެންނެވި ހަތަރު ބިމުން އުފެދޭ ޖާގައާއެކީގައި، ޖާގައިން އެ ލިބޭ ގޯއްޗާއި ފްލެޓް ލިބިގެން ދިއައިމަ، މި މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލު ނުވާ އެކަކުވެސް. ހަމަ އެންމެ ދިވެހި ރައްޔިތަކުވެސް ނުހުންނާނެ،“ ރައީސް ވިދާޅުވި އެވެ.
”އިދާރަކުރެވިއްޔާ 100 ޕަސެންޓް ޔަގީންކަން މި ދެނީ. މާލޭގައި ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލުނުވާ އެކަކުވެސް މި ފަސް އަހަރު ނިމޭއިރު،“




ގުޅުންހުރި
ސަރުކާރުން ޔަގީންކަން ދިން ވަގުތު ހަމަވިތާ 19 ގަޑިއިރު، ފުވައްމުލަކު އަދިވެސް
ކޮރަޕްޝަން ހުއްޓުވޭނީ އިންސާނުން ބޭނުން ނުކޮށް, ޑިޖިޓަލްކޮށް ހިދުމަތް ދެވޭނެ ގޮތް
ރާއްޖެއިން މޫދުވިނަ އެކްސްޕޯޓްކުރަން ތައްޔާރުވެއްޖެ
އާސަންދަ އާއި އިނާޔަތްތައް މަހުޖަނުންނަށް ދިނުން ހުއްޓާލަންޖެހޭ: ސަލީމް
ރާއްޖެއިން ހިފެހެއްޓި ޑްރަގު ބޯޓު ލަންކާއާ ހަވާލުކުރަނީ
”މަސައްކަތް މިކުރަނީ ވެރިކަމުގެ ހުވާގެ މަތީގައި ހުރެ, ކޮންމެ ދުވަހަކުވެސް އެހުވާ