ސެޕްޓެމްބަރ 21, 2024

ނައިބު ރައީސް މޮންޓެނިގްރޯއަށް ކުރެއްވި ދަތުރުފުޅަށް ހަ ލައްކައެއްހާ ރުފިޔާ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް، މޮންޓެނިގްރޯއަށް ކުރެއްވި ރަސްމީ ދަތުރަށް ހަ ލައްކައެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މޮންޓެނީގްރޯގެ ޑަނިލޮވްގްރަޑްގައި ބާއްވާ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެވަޑައިގަތުމަށް ނައިބް ރައީސް މޮންޓެނިގްރޯއަށް ވަޑައިގަތީ ޑިސެމްބަރު 23 އިން 27 އަށެވެ.

ރައީސް އޮފީހުން މިއަދު އާންމުކުރި އެ ދަތުރުގެ ހަރަދުތަކުގައިވާ ގޮތުން އެ ދަތުރުގައި ފަސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އެ ބޭފުޅުންނަށް ޖުމުލަ 589،736.65ރ. ހަރަދުވި ކަމަށް ބުނެފައިވެ އެވެ.

އެއީ ކޮން ބޭފުޅުންނެއް ކަމެއް ނުބުނެ އެވެ.

އެ ފަސް ބޭފުޅުންނަށް ކުރި ހަރަދުތައް:

  • ބިޒްނަސް ކްލާސް ޓިކެޓް: 492،746.10ރ.
  • ޕޮކެޓްމަނީ: 64،638ރ.
  • ފަރިއްކޮޅު/ މޮންޓިނީގްރޯ: 23،823.72ރ.
  • ފަރިއްކޮޅު/ ތުރުކީ: 7،895.07ރ.
  • ވިސާ ހަރަދު: 633.76ރ.

Leave a Reply