ރާއްޖެ ހުރަސްކޮށް ކޮޅިގަނޑެއް ދަތުރު ކުރާނެ ކަމަށް ބެލެވޭތީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖީ (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ އެ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބި ކަނޑަށް ޖެހެމުންދާ ކަމަށް ލަފާކުރެވޭތީ، ކުރިއަށް އޮތް ތިން ދުވަހު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންވެ މޫސުމަށް ސަމާލުވުމަށް ވަނީ އެދިފަ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިދިޔަ ހަފުތާގައި ވެސް ވަނީ ވަރަށް ބޮޑަށް މޫސުން ގޯސްވެފަ އެވެ. އެގޮތުން މާލެއަށް ކުރި ވިއްސާރައިގައި މަގުތަކުގައި ދޮޅު ފޫޓަށް ފެންބޮޑުވެ، ބައެއް ގެތަކަށް ގެއްލުން ލިބުމުގެ ސަބަބުން ބަދަލު ދޭންވެސް ޖެހުނެވެ.
މާލޭގެ އިތުރުން އެ ވިއްސާރައިގައި ފ. ނިލަންދޫ އާއި ކ. ގުރައިދޫ އާއި ލ. ގަމާއި ފޮނަދޫ އަދި ސ. މަރަދޫގެ ބައެއް ގެތަކަށްވެސް ގެއްލުން ލިބުނެވެ.




ގުޅުންހުރި
ފާހިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި އާންމުކުރުމުން ދުރުހެލިވާން ޖެހޭ: ހުތުބާ
ރައީސްގެ ބައްދަލުވުންތަކުގެ ކުރިން ސުވާލު ނުވަތަ ހިޔާލު ހުށަހަޅަން ނުޖެހޭނެ: ހީނާ
ގަހަކުން ގެއްލުން ލިބޭ ނަމަ، އިސްކުރަންޖެހޭނީ އިންސާނުންގެ މަސްލަހަތު: ޝަހީމް
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި