ޖުވެނައިލް ކޯޓުގެ ވެބްސައިޓު ހެކްކޮށް އިންޑިއާގެ ދިދައެއް ޖަހައި ދިވެހި ސަރުކާރަށް އިންޒާރު ދީފި އެވެ.
ކުޑަކުދިންނާ ގުޅޭ ޖިނާއީ މައްސަލަތައް ބަލާ ކޯޓުގެ ވެބްސައިޓު ހެކްކޮށް، ބުނެފައިވަނީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ހަނދާން ކޮށްދިނުން ވަރަށް މުހިއްމު ކަމަށެވެ. އެހެންވެ، އެ ގައުމަށް އިހާނެތިވާ ގޮތަށް ވާހަކަ ދެއްކުން އަދި އެހީތެރިކަމާއި އެއްބާރުލުން ހަނދާން ނައްތާލުމަކީ ވަރަށް ބޮޑަށް ނާއުންމީދުވާ ކަމެއްކަމުގައެވެ. އަދި ”މިއީ އިންޒާރެއް“ ގެ ގޮތުގައި ބެލުމަށް ވެސް ބުނެފައިވެ އެވެ.
ރާއްޖެ އާއި އިންޑިއާގެ މައްސަލަ ފެށުނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރައްވައި އާންމު ކުރެއްވި ވީޑިއޯއަށް، ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްކޮށް ބަދުބަސް ރައްދުކޮށް ބޮޑުވަޒީރު މޯދީއަށް އިހްތިރާމް ކުޑަވާ ގޮތަށް ފާޑުވިދާޅުވި މައްސަލާގަ އެވެ.
އެކަމުގައި ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އެ ތިން މީހުން ވަނީ ވަޒީފާއިން ސަސްޕެންޑުކޮށްފަ އެވެ. އޭގެ ފަހުން، އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އިބްރާހިމް ޝަހީބު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުކޮށްފައިވެ އެވެ. ޝަހީބް އާއި ޖައިޝަންކަރާ ދެމެދު ބޭއްވި ބައްދަލުވުން ކުރިއަށް ދިޔައީ ހަތަރު މިނެޓަށެވެ.
އެ ބައްދަލުވުމުގައި އިންޑިއާ ސަރުކާރުން ވަނީ ދެ ގައުމުގެ ގުޅުން ގޯސްވެގެން ދިޔައީ ރާއްޖޭގެ ސަބަބުން ކަމަށް ވުމުން، އެކަން ރަނގަޅު ކުރުމުގެ ޒިންމާ ރައީސް މުހައްމަދު މުއިއްޒު ނަންގަވަން ޖެހޭ ކަމަށް ބުނެފަ އެވެ.
އަދި އިންޑިއާއަށާއި ބޮޑުވަޒީރު މޯދީއަށް ބަދުބަސް ރައްދު ކުރި ތިން މިނިސްޓަރުން ސަސްޕެންޑް ކުރުމުން އެކަނި ނުފުދޭ ކަމަށާއި އެ ތިން މީހުން ވަޒީފާއިން ވަކިކުރަން ޖެހޭނެ ކަމަށްވެސް އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
ގުޅުންހުރި