މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ، އާންމު ރައްޔިތުންނަށް ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާތީ ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އަމީނީ މަގުގެ އަލަށް ހެދި ބައި ހުޅުވާލައިފި އެވެ.
އަމީނީ މަގުގެ އެންމެ ފަހު ސެގްމެންޓްގެ ގޮތުގައި ހެދީ ހައުސިން މިނިސްޓްރީއާ ހިސާބުން ފެށިގެން ރަސްފަންނާ ހިސާބަށެވެ. އެއީ ވާރޭ ވެހޭއިރު އެންމެ ބޮޑަށް ފެންބޮޑުވާ އެއް ސަރަހައްދެވެ.
ކުރިން ހަމަޖައްސާފައި އޮތީ އެ ސަރަހައްދު މިރޭ ހުޅުވުމަށެވެ. ނަމަވެސް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވާތީ މާލޭ ޓްރެފިކް ފްލޯ ފަސޭހަ ކޮށްދިނުމަށްޓަކައި މިއަދު ހަވީރު އެ މަގު ވަނީ ހުޅުވާލާފައެވެ.
ޒަމާނީ ފެންވަރަށް ތަރައްގީކޮށް މުޅި އަމީނީ މަގުގައި ވަނީ ތާރުއަޅާފައެވެ. މި މަސައްކަތް ފެށީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު މުޅި މަސައްކަތް ނިންމާލެވިފައެއް ނުވެއެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރުޑީސީއާ ހަވާލުކުރީ ވަނީ 84 މިލިއަން ރުފިޔާއަށެވެ.

ގުޅުންހުރި
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމުން އަލީ ހުސެއިން: އިބިލީހަށް ވެސް އެ
އަޒްމިރަލްދާގެ ވަރުގަދަ ރައްދެއް: ޕީއެންސީގެ މެންބަރުން މަސައްކަތްކުރީ އަޅުވެތި ކުދި ސޯބުތަކެއް
ބުޅާ ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން، ބުޅަލަކަށް 5،416 ރުފިޔާ ހަރަދުވާނެ:
މަހާޒް އާއި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި
މިހާރު ވެސް ފެންނަނީ ސަރުކާރުން ފަނޑިޔާރުގެއަށް އަތް ބާނައި މަންޒަރު: އަޒާން
މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އެ މީހާގެ އަތް ބުރިވެއްޖެ