ސަރުކާރު ހިންގާ ޕާޓީ, ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓްރީ ގުރޫޕުގެ 16 މެންބަރަކު ޕާކިސްތާނަށް ފުރާވަޑައިގެންފި އެވެ.
މި ވަފުދުގައި އިސްކޮށް ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله އެވެ.
ޕީއެންސީން ބުނީ, މި ދަތުރަކީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. އެގޮތުން މި ދަތުރުގައި ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވައި އެ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި, ތަޖުރިބާއާއި ހިޔާލު ބަދަލުކުރައްވާނެ ކަމަށް ބުންޏެވެ.
ޕާކިސްތާނަށް ވަޑައިގެން ޕީއެންސީގެ ވަފުދުގެ ބޭފުޅުން:
- ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް
- ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
- ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
- ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް
- މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް
- ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް
- ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން
- ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ
- ފެލިދޫ ދާއިރާގެ މެމްބަރު އާދަމް ޒާހިރު
- ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުހައްމަދު ރަޝީދު
- ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ
- ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު
- ވިލުފުށި ދާއިރާގެ މެމްބަރު ހަސަން ވަހީދު
- އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ޝިފާޒު


