ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާން އިއްވުން އަންނަ މަހުގެ ފަސް ވަނަ ދުވަހު އޮންނާނެއެވެ.
މިގޮތަށް މި ހަމަޖެހުނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އެ ދުވަހު ބާއްވަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ހަމަޖެއްސެވުމުންނެވެ.
ގާނޫނު އަސާސީގައި ބުނާގޮތުން ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަން ޖެހޭނެ ކަމަށެވެ. އެ ރިޔާސީ ބަޔާނުގައި ގައުމުގެ އޭރުގެ ހާލަތު ބަޔާންކޮށްދީ، އިތުރަށް ރަނގަޅު ކުރުމަށް އެ އަހަރު ދުވަހަށް ރައީސް ކުރައްވަވަން ރާވާފައިވާ ކަންކަން މަޖިލީހަށް އިއްވަވަން ޖެހެއެވެ.
ރައްޔިތުންގެ މަޖިލީސް އަލަށް ހުޅުވާއިރު، އިދިކޮޅު އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވަނީ ސަރުކާރު ހިންގާ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.
މަޖިލީހުގެ މިދިޔަ އަހަރުގެ ފަހު ދައުރު ނިންމާލީ ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުންދިނުމާ މެދު ގޮތެއް ނުނިންމައެވެ.

ގުޅުންހުރި
ރައީސް، ފިޔާޒަށް ގުޅައި އިންޒާރެއް ނުދެއްވާ، ދައުވާއެއް ނުކުރެވޭނެ: ޕީޖީ އޮފީސް
މި އަހަރުގެ ހައްޖު ކިއުގައި ތިބި އެންމެންނަށް ފުރުސަތު ލިބޭނެ: ރައީސް
ރައީސް ވިދާޅުވީ ތެލެސީމިއާ ސެންޓަރުގެ ހާލަތު އެހާ ގޯސްކަން އެނގިވަޑައި ނުގަންނަވާ
ތެލެސީމިއާ ސެންޓަރުގެ ކަންކަން ހައްލުކުރަން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ރައީސް އަންގަވައިފި
ތެލެސީމިއާ ކުދިން މުޒާހަރާއަށް ނުކުތުމުން ހާލަތު ބައްލަވަން ރައީސް ތެލެސީމިއާ ސެންޓަރަށް
ރަސްމާލެ ބިން ހިއްކަން ފައިސާ ދޭ ބަޔަކަށް ބަދަލުގައި ރަށެއް/ ފަޅެއް