ޖުލައި 2, 2024

ހިތްހަމަ ނުޖެހުން ނުވަތަ ކަންބޮޑުވޭތަ.؟ ނިދިނުލިބުމަކީ ސަބަބަކަށް ވެދާނެ

ހިތްހަމަ ނުޖެހުން ނުވަތަ ކަންބޮޑުވޭ ހެއްޔެވެ؟ ތިބާއަށް އެކަށީގެންވާވަރަށް ނިދިނުލިބުމަކީ ސަބަބަކަށް ވެދާނެއެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް އަސރުކުރާ މިންވަރު ދެނެގަތުމަށް މިހާތަނަށް ކުރެވިފައިވާ ދިރާސާތަކުން ދައްކާގޮތުގައި އެކަށީގެންވާ ވަރަށް ނިދި ނުލިބުމަކީ ނުވަތަ ރަނގަޅަށް ނުނިދުމަކީ ތިބާ މޫޑް އަދި ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރާ ކަމެއް ކަމަށް އެނަލައިޒްކޮށް ހެދި ދިރާސާތަކުންވެސް ވަނީ ދައްކާފައެވެ.

”އަހަންނަށް ފެނުނު ގޮތުގައި ނިދި ގެއްލުމާއ،ި މުޅިން ނިދި ނުލިބުމާއި، ނުނިދާ ގިނަދުވަސް ވުމުގެ ސަބަބުން ނަފްސާނީ ގޮތުން އިންސާނާއަށް ބަދަލުތަކެއް އަންނަ ކަންމިއީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. އަދި އެންމެ ވަރުގަދަ އެންމެ ހަމަޖެހިފައިވާ އަސަރަކީ ނިދި ގެއްލުމުން މީހާގެ ޕޮޒިޓިވް މޫޑު ގެއްލިފައިވުމެވެ،“ ބޯޒެމަންގެ މޮންޓާނާ ސްޓޭޓް ޔުނިވާސިޓީގެ ސްލީޕް އެންޑް ޑިވެލޮޕްމަންޓް ލެބްގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ޑައިރެކްޓަރު ކާރާ ޕާމާ ވިދާޅުވި އެވެ.

މީގެއިތުރުން ނިދި ގެއްލުމުން ކަންބޮޑުވުމުގެ އިހުސާސްތައް އިތުރުވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ޕްރޮފެސަރ ކާރާ ޕާމާ ބުނެފައިވާއިރު ”ނަފްސާނީ ހާދިސާތައް ތަޖުރިބާ ކުރާއިރު، ރަނގަޅަށް އަރާމުކުރާ މީހުންނަށް ވުރެ ރަގަޅަށް އަރާމު ނުކުރާ ނިދި ނުލިބޭ މީހުނަށް އަސަރުކުރާ މިންވަރު ތަފާތު ކަމަށް ރިޕޯޓް ތަކުންވަނީ ދައްކާފައެވެ. އަދި ނިދި ނުލިބުމަކީ އޮބެސިޓީ، ހިތުގެ ބަލިތަކާއި ޑިމެންޝިއާ ގެ އިތުރުން މޫޑް ޑިސްއޯޑާގެ ނުރައްކާ ބޮޑުވާކަމެއްކަމަށްވެސް އެދިރާސަތުންހާމަވެފައިވެއެވެ.

”ވަކިން ހާއްސަކޮށް، އެ މީހުންގެ ފަރާތުން ނަފްސާނީ ގޮތުން އުފާވެރިކަން ކުޑަވާ ކަމަށް ރިޕޯޓް ކޮށްފައި ވޭ، އެއީ އަހަރެމެންގެ ހަށިގަނޑުގައި ބައެއް އިހުސާސްތަކުގެ ހަރުކަށިކަން އިހުސާސް ކުރެވޭ ހިސާބުން، ނިދި ގެއްލުމަށް ފަހު މުޅި މީހާއަށް އިމޯޝަނަލް ރެސްޕޮންސްތައް މާ ބޮޑަށް އިހުސާސް ކުރެވުން.“ ޕްރޮފެސަރު އަދި ޑައިރެކްޓަރު ކާރާ ޕާމާ ވިދާޅުވި އެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފައިވާ ގޮތުގައި އުމުރުން 18 އަހަރުން މަތީގެ މީހަކަށް އެމީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރޭގަނޑު މަދުވެގެން ހަތް ގަޑިއިރުގެ އަރާމު ނިދި ބޭނުންވެއެވެ. އަދި އެވަރަށް ނިދި ނުލިބޭމީހުންގެ އުމުރު ކުރުވާކަމަށްވެސް ދިރާސާތަކުން ދައްކާފައިވާ ކަމަށް ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފައިވެއެވެ.

 

Leave a Reply