ދުޅަހެޔޮ ސިއްޚަތެއްގައި ހުރުމަށް ނުވަތަ ރަގަޅު ކަސްރަތެއްކޮށްލުމުގެ ބޭނުމުގައި ކޮންމެދުވަހަކުވެސް ހިނގާލުމަކީ އާދައިގެ ކަމަކަށް ހަދަން ވިސްނައިގެން ކުރިޔަށްދާނަމަ ހިގާއިރު ނުވަތަ ކަސްރަތު ކުރާއިރު ނޭވާލުން ނުވަތަ ނޭވާ ހިފަހައްޓާލައިގެން ރަގަޅަށް އެކަންކުރުމަކީ މުހިންމުކަމެކެވެ. އަދި އެކަން އެގޮތަށް ކުރުމަށް މަސައްކަތް ކުރުމަކީވެސް މުހިންމުކަމެކެވެ.
ސްޓެންފޯޑް ޔުނިވާސިޓީގެ ފިޒިކަލް މެޑިސިން އެންޑް ރިހެބިލިޓޭޝަންޕްރޮފެސާ އަދި ސްޓެންފޯޑް ސެންޓާ އޮން ލޯންޖެވިޓީގެ ކޯޑައިރެކްޓަރު މައިކަލް ފްރެޑެރިކްސަން ވިދާޅުވީ އެލީޓް އެތުލީޓުން ބައެއް ފަހަރު ފައުލް ޝޮޓެއް ޖެހުމުގެ ކުރިން ނުވަތަ ހަމަބިމުގައި ފިނާލޭއެއް ނެއިލް ކުރުމުގެ ކުރިން ކޮންސެންޓްރޭޓެޑް ނޭވާއެއް ލާން ބޭނުންވެއެވެ. ހަމައޮގޮތަށް ދެން ތިބި އެތުލީޓުންވެސް ހިގާއިރު ނުވަތަ ކަސްރަތު ކުރާއިރު އެފަދަ ގޮތަކަށް ނޭވާއަށް ލުމަށް ސަމާލުކަން ދީގެން ކުރިޔަށް ދިޔުން ވަރަށް މުހިންމެވެެ.
ފްރެޑެރިކްސަން ވިދާޅުވި ގޮތުގައި ނޭވާލުމަކީ އަރާމުކުރުމަށް އެހީތެރިވެދިނުމަށާއި ކަންކަމަށް ފޯކަސް ކުރުމަށް އެހީތެރިވެދިނުމަށް ވަރަށް މުހިންމު އެއްޗެކެވެ. ”އެތުލީޓުން ކޮންމެ ވަގުތަކު ވެސް ބޭނުންކުރަނީ ހަމްދަރުދީގެ އިޖާބަ ކޮންޓްރޯލް ކުރަން،“ ސްޓްރެސް ހާލަތްތަކަށް އިޖާބަދޭ ހަށިގަނޑުގެ ނާރުގެ ނިޒާމުގެ ބައިތަކަށް އިޝާރާތް ކޮށް ބުންޏެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިމްޕެތެޓިކް ނާރވަސް ސިސްޓަމް މާ ގިނައިން އެކްޓިވޭޓް ވުމުން، އޭގެ ސަބަބުން ސަރުބީ އިތުރުވެ މިހާ، ވަރުބަލިވުމުގެ އިތުރުން ރަގަޅު ނިދި ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ.
ނޭވާލުމުގެ މަސައްކަތުން ހަށިގަނޑުގެ ޕެރަސިމްޕެތެޓިކް ރެސްޕޮންސް ފެށުމަށް އެހީތެރިވެދޭ އިރު، ސްޓްރެސް ހާލަތްތަކުގައި އެކަނިވެރިކަން ފިލުވައިދީ ހިތްހަމަޖެހުން ލިބުމަށް އެހީތެރިވެދެ އެވެ.
ގުޅުންހުރި