ޑިސެމްބަރ 12, 2024

މެދުއިރުމަތީގައި އެއްބައިވަންތަކަން ގާއިމް ކުރެވޭނީ ފަލަސްތީނުގެ ދައުލަތަކާއެކު: ބްލިންކެން

ހަގީގީ ސަރަހައްދީ އެއްބައިވަންތަކަން ހޯދުމަށާއި އިސްރާއީލުގެ ދިގު މުއްދަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ”ފަލަސްތީނުގެ ދައުލަތަކަށް މަގެއް“ އޮތުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ޑާވޯސްގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގެ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ބްލިންކެން ވިދާޅުވީ އިޒްރޭލަށް ”އަސްލު އެއްބައިވަންތަކަމެއް ނުލިބޭނެ ކަމަށާއި، ހަގީގީ ސަލާމަތާއި ރައްކާތެރިކަން(ފަލަސްތީނުގަ ދައުލަތެއް ނެތި ނުލިބޭނެ“ ކަމަށެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި އެކު އަރަބި އަދި މުސްލިމް ދުނިޔޭގެ ލީޑަރުންގެ ވިސްނުން ބަދަލުވަމުންދާކަން ފާހަގަކުރައްވަމުން ބްލިންކެން ވިދާޅުވީ އިޒްރޭލު ފަލަސްތީނުގެ ސަރަހައްދުގެ ތެރެއަށް ވަނުމަށް މާ ބޮޑަށް ހުޅުވާލެވިފައިވާކަމަށެވެ. އަދި އިޒްރާއީލުން ފަލަސްތީނުގެ ސަރަހައްދަށް ވަނުން އެއީ ގޯހެއްކަން އިޒްރާއީލުން ގަބޫލު ކުރޭތޯ ބްލިންކެން ވަނީ ސުވާލު އުފައްދަވާފައެވެ.

މެދުއިރުމަތީގެ ސަރަޙައްދީ ކަންކަމަށް އޮތް ފުރުޞަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ބްލިންކެން ވިދާޅުވީ އިސްރާއީލާއި ފަލަސްޠީނަށް ކުރިމަތިވެފައިވާ އިންސާނީ ހިތާމަވެރި ޙާދިސާއާ ގުޅިގެން، އެއްބައިވަންތަކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމުކަމަށެވެ.

 

Leave a Reply