ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކުރި ފްލެޓްތައް ހުއްޓުވާފައިވާތީ އެކަމާ ދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އެއްވެ ކުރި މުޒާހަރާ ފުލުހުން ނުކުމެ ހުއްޓުވައިފިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ފްލެޓް ދޫކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފައެވެ.
ފްލެޓް ދޫކުރުން ހުއްޓުވާފައި އޮންނަތާ އެތައް މަހެއް ވެފައިވާއިރު، ފްލެޓްގެ މައްސަލަ ބަލައި ނިމޭނެ ދުވަހެއް ވެސް އެ ކޮމިޝަނުން އަންގާފައެއް ނުވެއެވެ.
މިއަދު ހެނދުނު އޭސީސީއަށް ގޮސް ފްލެޓް ލިބުނު މީހުން ޑިމާންޑްކުރީ މައްސަލަ ބަލައި ނިމޭނެ ތާރީޚެއް ދިނުމަށެވެ. ނަމަވެސް އެ މީހުންގެ ސުވާލުތަކަށް ޖަވާބެއް ނުލިބުނު ކަމަށް އެ މީހުން ބުންޏެވެ.
މުޒާހަރާއަށް އޭސީސީއަށް ދިޔަ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ.
ހައުސިން މިނިސްޓަރު އަހްމަދު ހައިދަރު ވިދާޅުވެފައި ވަނީ ފްލެޓްތައް ދޫކުރާނީ އޭސީސީން މައްސަލަ ބަލައި ވަކިގޮތެއް އެންގުމުން ކަމަށެވެ.




ގުޅުންހުރި
ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި, މިހާރު އެއީ ދެގުނަ ބޮޑު
ސަރުކާރުން ޔަގީންކަން ދިން ވަގުތު ހަމަވިތާ 19 ގަޑިއިރު، ފުވައްމުލަކު އަދިވެސް
ކޮރަޕްޝަން ހުއްޓުވޭނީ އިންސާނުން ބޭނުން ނުކޮށް, ޑިޖިޓަލްކޮށް ހިދުމަތް ދެވޭނެ ގޮތް
ރާއްޖެއިން މޫދުވިނަ އެކްސްޕޯޓްކުރަން ތައްޔާރުވެއްޖެ
އާސަންދަ އާއި އިނާޔަތްތައް މަހުޖަނުންނަށް ދިނުން ހުއްޓާލަންޖެހޭ: ސަލީމް
ރާއްޖެއިން ހިފެހެއްޓި ޑްރަގު ބޯޓު ލަންކާއާ ހަވާލުކުރަނީ