ރާއްޖެއަށް އަންނަން ހަދާފައިވާ ދަތުރު ކުރުމަށް ކޮށްފައިވާ ބުކިން ކެންސަލް ކުރާ މީހުންނަށް އިންޑިއާގެ ނޮއިޑާގައި ހުންނަ ރެސްޓޯރަންޓަކުން ހިލޭ ކާއެއްޗެހި ދޭން ނިންމައިފި އެވެ.
އިންޑިއާގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއަށް އަންނަން ހަދާފައިވާ ދަތުރު ކެންސަލް ކުރުމުން ނުވަތަ ލަކްޝަދީބަށް ދާން ހަދާފައިވާ ބުކިން ދެއްކުމުން އެ ރެސްޓޯރެންޓުން ދެނީ ”ޗޯލޭ ބަޓޫރޭ“ އެވެ. އެ ރެސްޓޯރެންޓުގެ ޗެއިންއެއް ގަޒިއާބާދުގައި ހުންނައިރު، އެ ރެސްޓޯރެންޓުންވެސް ހިލޭ އެ ކެއުން ދޭން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މީޑިއާތަކާ ވާހަކަ ދައްކަމުން އެ ރެސްޓޯރެންޓުގެ ވެރިޔާ ވިޖޭ މިޝްރާ ބުނީ އެ ކެމްޕޭނަށް ލިބޭ ތާއީދަށް ބަލައި، އަންނަ ޖެނުއަރީ މަހާ ހަމައަށް އެ ކެމްޕޭނު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މިހާތަނަށް ހަމައެކަނި އެ ސަރަހައްދުންވެސް 10 މީހުން އެ ކެމްޕޭނުގައި ބައިވެރިވެފައިވާ ކަމަށާއި އެ ކެމްޕޭނު ހިންގަނީ ގައުމުގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ކަމަށްވެސް ބުންޏެވެ.
އިންޑިއާގެ އާންމުން ސޯޝަލް މީޑިއާގައި ރާއްޖެ ބޮއިކޮޓް ކުރުމަށް ކެމްޕޭނު ފަށާފައި ވަނީ އިންޑިއާގެ ލަކްޝަދީބު ޕްރޮމޯޓު ކުރަން އެ ގައުމުގެ ބޮޑުވަޒީރު ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓުތަކަކަށް ރާއްޖޭގެ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ފާޑު ވިދާޅުވެ، މޯދީއަށް ހަޖޫ ޖެއްސެވުމުންނެވެ.




ގުޅުންހުރި
ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި, މިހާރު އެއީ ދެގުނަ ބޮޑު
ސަރުކާރުން ޔަގީންކަން ދިން ވަގުތު ހަމަވިތާ 19 ގަޑިއިރު، ފުވައްމުލަކު އަދިވެސް
ކޮރަޕްޝަން ހުއްޓުވޭނީ އިންސާނުން ބޭނުން ނުކޮށް, ޑިޖިޓަލްކޮށް ހިދުމަތް ދެވޭނެ ގޮތް
ރާއްޖެއިން މޫދުވިނަ އެކްސްޕޯޓްކުރަން ތައްޔާރުވެއްޖެ
އާސަންދަ އާއި އިނާޔަތްތައް މަހުޖަނުންނަށް ދިނުން ހުއްޓާލަންޖެހޭ: ސަލީމް
ރާއްޖެއިން ހިފެހެއްޓި ޑްރަގު ބޯޓު ލަންކާއާ ހަވާލުކުރަނީ