މި އަހަރުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ކުރި ހަރަދު 133 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
ސަރުކާރަށް ލިބޭ އާމްދަނީ އާއި ބަޖެޓުން ހަރަދު ކުރަމުންދާ ގޮތް އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓަކީ މީގެ ކުރީން ކޮންމެ ހަފުތާއަކު ގަވާއިދުން ޝާއިއުކުރަމުން އައި ރިޕޯޓްތަކެކެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ހަފުތާގެ ރިޕޯޓް ފިނޭންސް މިނިސްޓްރީން އާންމު ނުކޮށް އޮތުމަށްފަހު، އިއްޔެ ވަނީ އަހަރުގެ ފުރަތަމަ ދެ ހަފުތާގެ ރިޕޯޓް އާންމުކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ރިޕޯޓަށް ބަލާއިރު، މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ 390.3 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު މިންވަރަށްވުރެ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި 474.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އަދި އެ މުއްދަތުގައި 524 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ކުރި ހަރަދަށްވުރެ 144.7 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ގުޅުންހުރި
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފިފްޝީން ވަކިކޮށްފި
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ, ފިނޭންސްގެ ދަށަށް
އެސްޓީއޯގެ ބޯޑު ޑިރެކްޓަރަކަށް ފަޒީނާ
ކުރީ ސަރުކާރުން ނެގި 1.5 ބިލިޔަން ރުފިޔާ ލޯނު ދައްކާ ނިންމައިފި
ފަހުމީގެ ފުރިހަމަ އިތުބާރު މުވައްޒަފުންނަށް: ސްޓެލްކޯ އިން އޮޅުވައެއް ނުލާނެ، އޮޅުވާލާނެ
ކަރަންޓު ބިލު ދައްކަން ދަތިވާނަމަ ބިލަށް ފައިސާ ދެއްކުމުގެ މުއްދަތު އިތުރު