ޕީޕީއެމް/ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅި ހުރިހާ މީހުންނަށް ޕްރައިމަރީގައި ވާދަކުރެވޭ ގޮތަށް ޕްރައިމަރީ ބާއްވަން އެ ކޯލިޝަނުން ނިންމައިފި އެވެ.
ޕާޓީ ތެރޭގައި ފިތުނު އުފެއްދި ކަމަށް ތުހުމަތުކޮށް އަދި އެކަށީގެންވާ ހިދުމަތެއް ކޮށްދީފައިނުވާ ކަމަށް ބުނެ ޕްރައިމަރީއަށް ނަން ހުށަހެޅި ބައެއް މީހުނަށް ވާދަ ނުކުރެވޭނެކަން އިއްޔެ ވަނީ އަންގައިފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އެ ޕާޓީގެ ލީޑާޝިޕަށް އަމާޒުވެ، ބައެއް މީހުން ވަނީ ޕާޓީގެ އޮފީހަށް ގޮސް އަޑުގަދަކޮށްފަ އެވެ.
”ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭ ގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިއާޔަތް ކުރެއްވުމަށްފަހު، ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭ ގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފި,“ ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުالله (އަދުރޭ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
ޕީއެންސީން އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް އެންމެ ފުރަތަމަ ނިންމީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ނަމަވެސް ފަހުން މިދިޔަ ޑިސެމްބަރު 23 ވަނަ ދުވަހު ޕްރައިމަރީ ބޭއްވުމަށް ނިންމުމަށްފަހު، އަނެއްކާވެސް މި މަހުގެ 20 ވަނަ ދުވަހު ޕްރައިމަރީ ބާއްވާ ގޮތަށް ނިންމި އެވެ.
ޕީއެންސީގެ ޕްރައިމަރީ މިހާރު ބާއްވަން ނިންމާފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.




ގުޅުންހުރި
ސިނގިރޭޓު ވައްކަން: ދިހަވަނަ މީހަކަށް ހައްޔަރުކުރީ ބިދޭސީއެއް
ދައުވަތު ދީގެން މަންދޫއަށް ދިޔަ ރައީސްގެ ޓީމުން އެރަށު ޒުވާނުން ލަދުގަންނަވާލައިފި
ވައްޑެ، ރައީސް މުއިއްޒަށް: 8 ކުލާސްރޫމް ހެދުމަކީ އަދި 8 މަޝްރޫއު
މާލެ އާއި އެހެން ރަށްތަކަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރަށްތަކެއް: ރައީސް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1,875 މަޝްރޫއުއެއް ކުރިއަށް އެބަދޭ: ރައީސް
ބަދަލު ނުހިފާތީ ސިޔާސީ ވެރިން ލާން ހެދި ގޮޅިތައް އެހުރީ ހުހަށް: