މާލޭ ސިޓީގެ މޭޔަރު ކަމުގެ ހުވާ ކުރައްވައި އާދަމް އާޒިމް މަގާމާ ހަވާލުވެވަޑައިގެންފިއެވެ.
މިރޭ ބޭއްވި ރަސްމިއްޔާތުގައި އާޒިމަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މާލޭގެ މޭޔަރު ކަމަށް އާޒިމް އިންތިހާބުވެވަޑައިގަތީ 7،621 މީހުންގެ ވޯޓުންނެވެ. ވޯޓުލީ މީހުންގެ ޖުމްލަ އަދަދަކީ 17،008 އެވެ. އާޒިމް އިންތިހާބު ކާމިޔާބު ކުރެއްވީ ފަސް ބޭފުޅަކާ ވާދަކުރައްވައެވެ.
މެދުހެންވޭރު ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި އިންތިހާބުވި އަހްމަދު ރިޝްވާން މިއަދު ވަނީ ޕީއެންސީއަށް ސޮއިކުރައްވައި އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ފޯމް ހަވާލުކުރައްވާފައެވެ.
ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރަކަށް އިންތިހާބުވީ ޕީއެންސީގެ އާމިނަތު ރިޝްފާ އަހްމަދެވެ. މާފަންނު ދެކުނު ދާއިރާއަށް އިންތިހާބުވީ ޕީއެންސީގެ ހަސަން ނިޒާމެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކުރެއްވުމުންނެވެ.
ސިޓީ ކައުންސިލުން ތިން ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމްތަކަށް ވަޑައިގަތުމުންނެވެ.




ގުޅުންހުރި
ބޭބީބަޔޯ ފޯމިއުލާގައި ވިހަ މާއްދާއެއް، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަަނާކޮށްފި
ގައިދީންނާއި އޮފިސަރުން ވެގެން ހިންމަފުށީ ސްކޫލަށް 130 މޭޒު ޖަހައިދީފި
ސިފައިންގެ ޑްރޯންތައް ބޭނުންކުރަން ފެށުމުން ވަގަށް ވަންނަ އުޅަނދު މަދުވެއްޖެ: ގައްސާން
ސަރުކާރުން ވިޔަފާރިތަކާ ވާދަވެރިވުމަކީ އިގުތިސާދީ ހަމަތައް ފުނޑުފުނޑު ކޮށްލާނެ ކަމެއް: ޝާހިދު
އެމްޑީޕީއަކީ މިހާރު މުސްކުޅި ޕާޓީއެއް، އެ ޕާޓީން ވިއްކާ ސިޔާސަތުތަކެއް މިހާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް: