ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ލިބުނު ހިލޭ އެހީ މާލެ ސަރަހައްދަށް އިސްކުރެއްވީ އެންމެ ގިނަ ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ކަންކަން ކުރެއްވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި މާލޭގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް އަދި ތިން ކައުންސިލަރަކު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު އެންމެފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުން ދޭން ނިންމެވި 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ އިސްކަންދޭ މަޝްރޫއަކީ މާލޭގެ މަގު ހެދުން ކަމަށެވެ.
ދެވަނަ މަޝްރޫއަކީ ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުން ކަމަށާއި އެ ދެ މަޝްރޫއު ޗައިނާގެ ހިލޭ އެހީގެ ތެރެއިން ނިންމަވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”އެހެންވީމާ، މާލޭގެ ރައްޔިތުންނަށް، އެއީ، އެންމެ ގިނަ ރައްޔިތުން ދިރިއުޅޭ ސަރަހައްދުވީމާ، މި ސަރަހައްދަށް މީގެ އިމްޕެކްޓް އެންމެ ބޮޑަށް ބޭނުންވާނީ. އެހެންވީމާ، މިގޮތަށް ލިބުނު ހިލޭ އެހީ، އަޅުގަނޑުމެން މި އިސްކުރީ، އެންމެ ގިނަ ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ކަންކަން ކުރަން. އޭގެ އިތުރަށް، އެކި ރަށްތަކުގެ ލެބޯރެޓަރީތައް ގާއިމުކުރުމަށް ބޭނުންވާ ތަކެތި ހޯދުމާއި ބައެއް ރަށްތަކުގެ ބައެއް އެހެން ކަހަލަ އެންވަޔަރަންމަންޓަލް ރިލޭޓަޑް ބައެއް މަސައްކަތް ކުރުންވެސް އޭގައި ހިމެނޭ،“ ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި