އިސްރާއީލުން ޝަހީދުކޮށްލި މާބަނޑު އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅު ނަގައި ސަލާމަތްކޮށްފި އެވެ.
ފަލަސްތީންގެ ސިއްހީ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްގައި ބުނެފައިވާ ގޮތުން، ބަނޑަށް ފަސް މަސް ވެފައި އިން ސަބްރީން އަލް ސަކާނީ ނަމަކަށް ކިޔާ އެ އަންހެން މީހާއަކީ މިލިއަނަކަށްވުރެ ގިނަ މީހުން ތޮއްޖެހިގެން ފޭލިގެތަކުގައި އުޅޭ ރަފާގައި އިޒްރޭލު ސިފައިން ރޭ ދިން ހަމަލާއެއްގައި ޝަހީދުކޮށްލި އަންހެނެކެވެ.
ދެ ގެއަކަށް އިޒްރޭލުން ދިން އެ ހަމަލާގައި 19 މީހަކު ޝަހީދުކޮށްލި އިރު، އޭގެ ތެރޭގައި މާބަނޑު އަންހެން މީހާގެ ފިރިމީހާ އާއި މަލަކް ނަމަކަށް ކިޔާ އެ ދެމަފިރިންގެ އަންހެން ދަރިފުޅުވެސް ހިމެނެ އެވެ. އޭގެ އިތުރުން އެއް އާއިލާއަކަށް ނިސްބަތްވާ 13 ކުދިންވެސް ހިމެނެ އެވެ.
މާބަނޑު އަންހެން މީހާގެ ބަނޑުން ކުއްޖާ ސަލާމަތްކޮށް، އެ ކުއްޖާއަށް ފަރުވާ ދެމުން އަންނަ ޑޮކްޓަރު މުހައްމަދު ސަލަމާ ވިދާޅުވި ގޮތުގައި، އިމަޖެންސީ ސީ ސެކްޝަނެއް ހަދައިގެން ނެގި އެ ތުއްތު ކުއްޖާގެ ބަރުދަނުގައި 1.4 ކިލޯ ހުއްޓެވެ.
އެ ތުއްތު ކުއްޖާއަށް ރަފާ ހޮސްޕިޓަލުގެ އިންކިއުބޭޓަރެއްގައި ފަރުވާ ދެމުން އަންނައިރު އެ ކުއްޖާގެ ބޮޑުބޭބެ ރަމީ އަލް ޝައިހް ބުނި ގޮތުގައި އެ ކުއްޖާއަށް ކިޔަން ނިންމާފައިވަނީ ރޫހެވެ. އަދި އެ ނަން ދިނީ އިޒްރޭލުން ޝަހީދުކޮށްލި އެ ތުއްތު ކުއްޖާގެ ދައްތަ ކަމަށްވެސް ބުންޏެވެ.




ގުޅުންހުރި
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު