އޮކްޓޯބަރ 30, 2024

އދ.ގެ ފަތުރުވެރިކަމުގެ ޖަމިއްޔާގެ އެޑްވައިޒަރަކަށް ޖަނާ

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިގްތިސޯދީ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހް އދ. ގެ ޓޫރިޒަމް ޖަމިއްޔާ ކަމަށްވާ ޔޫއެންޑަބްލިއުޓީއޯގެ ހާއްސަ އެޑްވައިޒަކަރަށް ހަމަޖައްސައިފިއެވެ.

މިއީ ދިވެއްސަކަށް މި މަގާމް ލިބުނު ފުރަތަމަ ފަހަރެވެ. މިކަމާ ގުޅިގެން ޖަނާހު ވިދާޅުވީ އެފަދަ މަގާމެއް ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އޭނާ ވަނީ ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލީއަށް ޝުކުރު އަދާ ކުރައްވައިފައެވެ.

ދުނިޔެ އާއި ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ބަދަލުތަކެއް ގެނައުމަށް އެ މަގާމުގައި ހުރެގެން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަނާއަށް އެ މަގާމު ލިބުނުކަން އިއުލާނުކޮށްފައިވަނީ މިހާރު ސްޕެއިންގެ މެޑްރިޑްގައި ކުރިއަށްދާ ފިތޫރު ފެއާގައެވެ.

ޖަނާހް އަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ޖަމިއްޔާ، މަސީގެ ރައީސް ވެސް މެއެވެ.

Leave a Reply