ސައުދީ އަރަބިއްޔާގައި ރާ ވިއްކާ ފިހާރައެއް ހުޅުވަން ނިންމާފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ސައުދީގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ފަދަ ބޭރުގެ ބޮޑެތި މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އެ ފިހާރަ ހުޅުވަނީ ސައުދީގައި މަސައްކަތް ކުރާ ޑިޕްލޮމެޓުންނަށް ހާއްސަކޮށެވެ. މީގެ ކުރިންވެސް އެ ޑިޕްލޮމެޓުންނަށް ދީފައި އޮންނަ ހާއްސަ ހުއްދައެއްގެ ދަށުން އެ މީހުންގެ ބޭނުމަށް ރާ އެތެރެކުރާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވެ އެވެ.
އެ ފިހާރައިން ރާ ވިއްކަނީ ވަކި ގަވާއިދުތަކެއް ކަނޑައަޅައިގެންނެވެ. އެގޮތުން:
- ރާ ގަންނަން ފިހާރައަށް ދާ އެންވޯއީސް ކުރީބައިގައި ރަޖިސްޓާ ކޮށްގެން، ސަރުކާރުގެ ހުއްދަ ހޯދަންޖެހޭ
- 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ރާ ނުވިއްކާނެ، އަދި ހެދުން އަޅަން ވާނީ މުޖުތަމައުގެ ހަމަތަކާ އެއްގޮތަށް
- ރާ ގަންނަން ރަޖިސްޓާ ކޮށްފައިވާ މީހުންގެ ބަދަލުގައި ޑްރައިރު ނުވަތަ އެހެން މީހަކު ފޮނުވުން މަނާވާނެ
- ކޮންމެ މަހަކުވެސް ރާ ގަނެވޭނީ ވަކި ލިމިޓަކަށް
މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން، ރާ ވިއްކާ ފިހާރައިން ކޮންމެ މީހަކަށްވެސް މަހެއްގެ މައްޗަށް ގަނެވޭނީ ޖުމުލަ 240 ޕޮއިންޓް ރަލެވެ. ޑިޕްލޮމެޓުން ނޫން އާންމު އެކްސްޕެޓުންނަށް އެ ފިހާރައިން ރާ ވިއްކަން ނިންމާފައި ނުވާ ކަމަށްވެސް ރިޕޯތުތައް ބުނެ އެވެ.
1952 ވަނަ އަހަރު ސައުދީގައި ރާ މަނާކުރީ އަބްދުލްއަޒީޒް ރަސްގެފާނުގެ ދަރިކަލަކު ރާ ބޮއެ، މަސްތުގެ ހާލުގައި ހުންނަވައިގެން ބްރިޓިޝް ޑިޕްލޮމެޓެއްގެ ގަޔަށް ބަޑި ޖަހައި މަރާލުމަށްފަހު އެވެ.




ގުޅުންހުރި
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
ހިތަދޫގައި އުޅޭ ”އެސްކޭޕީ“ ގުރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހައިކޯޓަށް
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ