ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އަދި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމަށް އަންނަ މަޖިލިސް އިންތިހާބުގައި ފުރުސަތު ދިނުމަށްޓަކައި އެ ބޭފުޅުން ކުރިމަތިލައްވާ ދާއިރާތަކަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން ވާދަނުކުރަން ނިންމައި އެ ދާއިރާގެ ގޮނޑި ދޫކޮށްލައިފި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕީއެންސީގެ މަޖިލިސް ޕްރައިމަރީއާ ގުޅޭ ގޮތުން މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެ ތިން ބޭފުޅުން ވާދަކުރައްވާ ދާއިރާތަކަށް ޕީއެންސީން ކުރިމަތިނުލާން ނިންމީ އެ ބޭފުޅުންނަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.
އަންނަ މާޗު މަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނާޒިމް ވާދަކުރައްވަނީ އޭނާ މިހާރުވެސް ތަމްސީލު ކުރައްވަމުން ގެންދަވާ ދަނގެތީ ދާއިރާއަށެވެ. ސިޔާމް ވާދަކުރައްވަނީ މީދޫ ދާއިރާއަށެވެ. ގާސިމް ވާދަކުރައްވަނީ މާމިގިލީ ދާއިރާއަށެވެ.
ޕީއެންސީގެ ޕްރައިމަރީގައި 283 ކެންޑިޑޭޓުން ވާދަކުރައްވާއިރު 13 ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ވަނީ ކަށަވަރުވެފަ އެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް