ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގުރޫޕުން ނިންމައިފި އެވެ.
ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގުރޫޕުގެ އިއްތިފާގުން އެގޮތަށް ނިންމި އިރު، ދައުރުން ބޭރުން މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ.
ޑިމޮކްރެޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބައެއް ވަޒީރުންނަށް އެ ޕާޓީން ރުހުން ނުދޭން ނިންމީ އެ ޕާޓީ ބިނާވެގެންވާ އަސާސްތަކަށް ބަލާއިރު، އެ ޕާޓީ އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާތީ ކަމަށެވެ.
އަދި ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީކޮށް، ޑިމޮކްރެޓިކް ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުވެފައި ބޭއްވުމަށް، ވަރުގަދައަށް ސާބިތުވެ އޮންނަ އިދިކޮޅު ސިޔާސީ ޕާޓީ އާއި އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިބުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ބުންޏެވެ.
ޑިމޮކްރެޓްސްގެ ބަޔާނުގައި އިތުރަށް ބުނީ، ސަރުކާރާއި ވަޒީރުން ޒިންމާދާރުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ޑިމޮކްރެޓްސްގެ ޕީޖީން އަމަލު ކުރަމުން ދާނީ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގައި ކަމަށެވެ. ވަޒީރުންނަށް ރުހުން ދިނުމާމެދުވެސް އަމަލުކުރަމުން ދާނީ އެގޮތަށް ކަމަށްވެސް ބުންޏެވެ.
ނަމަވެސް ރުހުން ނުދޭން ނިންމި ވަޒީރުންގެ ނަމެއް އެ ބަޔާނަކު ނެތެވެ.

ގުޅުންހުރި
ޖަލުން ފިލަންވެގެން ފާރުގައި ހެދި ބާގަނޑުގައި ތާށިވެއްޖެ!
ފާއިތުވި ހަފުތާގެ ނިޔަލަށް ބަޖެޓުން 20 ބިލިއަން ރުފިޔާ ހަރަދުކޮށްފި
އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި
ހިލޭސާބަހަށް މަސައްކަތް ކުރަން ޖަމިއްޔާއެއް ސާޖިދާ އުފައްދަވައިފި
ހިޖުރައިން ލިބޭ ފިލާވަޅަކީ ދަތި އުނދަގޫތަކުގައި އީމަންކަންމަތީ ތިބިމުގެ މުހިންމުކަން: ހުތުބާ
ނަޝީދު ސޮއިކުރާ ހަފުލާ ބާއްވަން ތަނެއް ނުދީފި ނަމަ ބާއްވާނީ މުލިއާގޭ