ޗީޒް ކެއުމަކީ ވިސްނުން ބާރުގަދަކޮށްދޭތޯ ދެނެގަތުމަށް ޖަޕާނުގައި 1،500 މީހުން ބައިވެރިކޮށްގެން ހެދި ދިރާސާއެއްގެ ނަތީޖާ ވެގެން ދިޔައީ ހައިރާން ކުރުވަނިވި ނަތީޖާ އަކަށެވެ.
ޖަޕާނުގައި އެ ދިރާސާ ހަދާފައިވަނީ އުމުރުން ދުވަސްވީ މީހުން އާންމުކޮށް ކާ އެއްޗެހީގެ ތެރޭގައި ޗީޒް ހިމެނުމުން ލިބޭ ފައިދާތައް ދެނެގަތުމަށެވެ. އެ ދިރާސާގައި ބައިވެރިކޮށްފައި ވަނީ 65 އަހަރުން މަތީގެ މީހުންނެވެ. ދިރާސާގެ ބޭނުމަށް އެ މީހުންގެ އެކި އިންޓަވިއުތައް ނަގާފައިވާއިރު، ވިސްނުމުގެ ބާރަށް އަންނަ ބަދަލު ރެކޯޑުކޮށްފައިވެ އެވެ.
ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުން އާންމުކޮށް ޗީޒް ކާ މީހުންގެ ވިސްނުން އެވަރެޖް ގޮތެއްގައި އެހެން ބައިވެރިންނަށްވުރެ ދެ ޕޮއިންޓު އިތުރެވެ. އެގޮތުން ޗީޒް ކާ މީހުންނަށް ކޮގްނިޓިވް ޓެސްޓުން އެވަރެޖު ގޮތެއްގައި 28 އާއި 30 ޕޮއިންޓާ ދެމެދުގެ އަދަދެއް ލިބުނު އިރު، ޗީޒް ނުކާ މީހުނަށް ލިބުނީ 27 ޕޮއިންޓަށްވުރެ ދަށް އަދަދެކެވެ.
ނަމަވެސް ގަވާއިދުން ޗީޒް ކާ މީހުންގެ ކޮލެސްޓްރޯލް ލެވެލްތައް ހުންނަންޖެހޭ މިންވަރަށްވުރެ އިތުރު ކަމަށް ދިރާސާ އިން ދައްކަ އެވެ. އަދި ބަރުދަންވެސް ހުންނަންވާ މިންވަރަށްވުރެ އިތުރު ކަމަށް ދައްކަ އެވެ.


ގުޅުންހުރި
ރޯދަ މަހު ތަކެތީގެ އަގުބޮޑުވިޔަ ނުދޭނަން، ގެނެވުނު ގޮތަކަށް ގެނެސް އަގުހެޔޮ
ރޯދައަށް މާލޭގެ މަގުތައް ސާފުކުރުން: އެއް ދުވަހުން 235 އުޅަނދު ޓޯކޮށްފި!
ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކޮށްފި
ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ މީހާ 15 ދުވަހަށް
ރޯދަމަހަށް މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ފަށައިފި
އެޗްޑީސީގެ ސީއެފްއޯ އާއި އިތުރު ވެރިއަކު ވަކިކޮށްފި