ކ. ގުޅިފަޅުން ހިއްކަން ކަނޑައަޅާފައިވާ ބޮޑު ބައެއް ހިއްކާ ނިންމާލައިފި އެވެ.
ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގުޅިފަޅުން ހިއްކަން ހަމަޖައްސާފައިވާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓުގެ ބިން އިއްޔެއާއި ހަމައަށް ހިއްކައި ނިންމާފައިވާ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގުޅިފަޅު ހިއްކަން ފެށީ މާލޭ ވިޔަފާރި ބަނދަރު އެތަނަށް ބަދަލު ކުރުމުގެ އިތުރުން މާލޭ މީހުންނަށް 2،000 ގޯތި ދިނުމަށެވެ.
އެ ސަރުކާރުން އޭރު ނިންމާފައި އޮތީ ގުޅިފަޅުގައި އެއް ފަހަރާ ތިން ބޯޓު ކައިރި ކުރެވޭނެ އަދި އަހަރު 400،000 ކޮންޓެއިނަރު ބޭލޭނެ ބަނދަރެއް ހެދުމަށެވެ.
ނަމަވެސް މި ސަރުކާރުން ވަނީ ގުޅިފަޅުގައި ހަދަން ނިންމި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، މާލޭ ސަރަހައްދުގައި ރީއެކްސްޕޯޓް ކުރުމަށް ހާއްސަ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ކަނޑައަޅަން ނިންމައިފަ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން 300 މިލިއަން ޑޮލަރު (5 ބިލިއަން ރުފިޔާ)ގެ ލޯނެއް ނަގައިގެން ހިންގާ ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ހޮލެންޑުގެ ބޮސްކާލިސް ކުންފުންޏާ އެވެ. އެ މަޝްރޫއުގެ އަގަކީ 130.4 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ) އެވެ.




ގުޅުންހުރި
ވޭޕް ވިއްކަމުންދިޔަ ބަޔަކު ހޯދައި، ވޭޕް ވިއްކަން ބޭނުންކުރާ ފޭސްބުކް ޕޭޖެއް
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ
ހުޅުމާލޭ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ދުވަސްވީ އުޅަނދުތައް ޓޯކުރަން