ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަދި ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް ޑރ. މުހައްމަދު އަލީ މިއަދު އަވަހާރަވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުހައްމަދު އަލީ އުމުރުން 67 އަހަރުގައި އަވަހާރަވީ މިރޭގެ ވަގުތެއްގައި އައިޖީއެމްއެޗުގައެވެ.
އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ނިއު ސައުތު ވޭލްސްގައި ކޯސްޓަލް ޖިއޮމޮފޯލޮޖީގެ ރޮނގުން 2000 ވަނަ އަހަރު ޕީއެޗްޑީ ހާސިލު ކުރައްވައިގެން ހުންނެވި މުހައްމަދު އަލީއަކީ ހޯމް މިނިސްޓްރީ އާއި ކުރީގެ ޕްލޭނިން މިނިސްޓްރީގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެެކެވެ. އޭގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމު އޭނާ އަދާކުރެއްވި އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމު މުހައްމަދު އަލީ ފުރުއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުހައްމަދު އަލީ ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.


