އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމުމުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝަހީމް ފާޑުވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ޝަހީމަށް ރުހުން ލިބިވަޑައިނުގެންނެވީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ.
އެގޮތުން އޭނާއަށް ރުހުން ނުދޭން 31 މެންބަރުން ވޯޓު ދެއްވި އިރު، ރުހުން ދޭން 30 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ އަށް މެންބަރުން ތިއްބެވި އެވެ.
އެ ވޯޓަށްފަހު ޝަހީމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެރިކަމުގައި ހުންނަވައިގެންނާއި ވެރިކަމުން ދުރުވުމަށްފަހުވެސް ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކަށި ކޮށްލަން މަސައްކަތް ކުރެއްވި ދެވަނަ ވެރިއެއް ރައީސް ސޯލިހު ނޫނީ ރާއްޖެ ދެކިފައިނުވާ ކަމަށެވެ.
ޝަހީމަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އިރު، އެމްޑީޕީންނާއި ދަ ޑިމޮކްރެޓްސް އިންވެސް އޮތީ އޭނާއަށް ރުހުން ނުދޭނެކަން އިއުލާންކޮށްފަ އެވެ. ނަމަވެސް ރުހުން ނުދޭން ނިންމި ސަބަބެއް ދެ ޕާޓީއަކުންވެސް ހާމައެއް ނުކުރެ އެވެ.




ގުޅުންހުރި
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
ރަޝިއާގެ ސާވާތަކުން ޔޫޓިއުބް އަދި ވަޓަސްއެޕް ބުލޮކްކޮށްފި
ދަރުސް ދެއްވުމަށް މާލެ ވަޑައިގެން އުޅުއްވާ ޝެއިހް އިބްރާހީމްގެ ހާލު ގޯސްވެ
ބާޒާރުމަތީ މަގު މާދަމާ އާންމު ދަތުރުފަތުރަށް ހުޅުވާލަނީ
ސީޕީ ނަވީން ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި
ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވެ އުޅޭ މީހަކު ހައްޔަރުކޮށްފި