އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމުމުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝަހީމް ފާޑުވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ޝަހީމަށް ރުހުން ލިބިވަޑައިނުގެންނެވީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ.
އެގޮތުން އޭނާއަށް ރުހުން ނުދޭން 31 މެންބަރުން ވޯޓު ދެއްވި އިރު، ރުހުން ދޭން 30 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ އަށް މެންބަރުން ތިއްބެވި އެވެ.
އެ ވޯޓަށްފަހު ޝަހީމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެރިކަމުގައި ހުންނަވައިގެންނާއި ވެރިކަމުން ދުރުވުމަށްފަހުވެސް ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކަށި ކޮށްލަން މަސައްކަތް ކުރެއްވި ދެވަނަ ވެރިއެއް ރައީސް ސޯލިހު ނޫނީ ރާއްޖެ ދެކިފައިނުވާ ކަމަށެވެ.
ޝަހީމަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އިރު، އެމްޑީޕީންނާއި ދަ ޑިމޮކްރެޓްސް އިންވެސް އޮތީ އޭނާއަށް ރުހުން ނުދޭނެކަން އިއުލާންކޮށްފަ އެވެ. ނަމަވެސް ރުހުން ނުދޭން ނިންމި ސަބަބެއް ދެ ޕާޓީއަކުންވެސް ހާމައެއް ނުކުރެ އެވެ.

ގުޅުންހުރި
ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމުން ދާއޫދު ވަކިކޮށްފި
ބްރޯޑްކޮމް އަށް ޒަމްއަތު އައްޔަންކޮށްފި
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރީ ރަނގަޅަށް: ސުޕްރީމް ކޯޓު
މި އަހަރު ރާއްޖެ އިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ
އެމްޑީޕީއަށް 5 ފަނި ވާނީ ފޮނުވާފައި، ލޯކަލް އިންތިހާބު އެމްޑީޕީއަށް ގެއްލުވާލާނަން:
ދާއޫދު ތަހުގީގަށް ދިނީ ދޮގު ބަޔާނެއް، އިހުސާނަށް ވެސް ގުޅި: ރިޔާސީ