ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށްގެންދިޔުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށާއި އެކަން ކުރެވޭނީ ޕީޕީއެމް، ޕީއެންސީގެ މެމްބަރުންގެ ފުރާނަ ދުއްވާލައިގެން ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަލީމް ވިދާޅުވީ ރައީސް މުއިއްޒު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށްގެންދިޔުމަކީ އެމްޑީޕީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ފުރުސަތެއް އެބޭފުޅުންނަށް ނުލިބޭނެ ކަމަށެވެ.
ރައީސް މުއިއްޒު މަގާމުން ވަކިކުރަން ހުށަހަޅަން 34 މެމްބަރުންގެ ސޮއި ހަމަކޮށްފައިވާ ކަމަށް އެމްޑީޕީން މިއަދު ވަނީ ބުނެފައެވެ.
އެކަމާ ގުޅޭގޮތުން ސަލީމް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު މަގާމުން ވަކިކުރަން ކުރާ މަސައްކަތް ހުއްޓުވާނެ ކަމަށެވެ.
”އެކަމަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. އަޅުގަނޑުމެންގެ ފުރާނަ ދުއްވާލާފައި ރައީސް އަޒުލުކުރަން ޖެހޭނީ،“ ސަލީމް ވިދާޅުވިއެވެ.
މީގެއިތުރުން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމި މައްސަލައާ ގުޅޭގޮތުން ވެސް ސަލީމް ވާހަކަދެއްކެވިއެވެ.
އޭނާ ވިދާޅުވީ އެ ވަޒީރުންނަށް ރުހުން ނުދިނީ ނާގާބިލްވެގެނެއް ނޫން ކަމަށާއި އެއީ ވަކި މީހަކު އަންގައިގެން އެމްޑީޕީގެ މެމްބަރުން ކުރި ކަމެއް ކަމަށެވެ.
”އެ މީހުންނަކީ ގައުމާއި ގައުމުގެ މަސްލަހަތަށްޓަކައި، މުޅި ގައުމުގެ މަސްލަހަތަށްޓަކައި މަސައްކަތްކުރަން ޖެހޭ ބައެެއް. އެހެންވީމަ ވަކި މީހަކު ފޯނު ކޯލަކުން އަންގާ ގޮތަކަށް ވަކި ބޭފުޅަކަށް ރުހުން ނުދިނުމަކީ މެމްބަރުން ކަންކުރަންވާނެ ގޮތެއް ނޫން،“ ސަލީމް ވިދާޅުވިއެވެ.




ގުޅުންހުރި
ކައުންސިލް އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި