ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ތަރައްގީ ކުރަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހަދާ 2،460 މީޓަރުގެ ރަންވޭގެ 1،200 މީޓަރުގެ ސަރަހައްދެއް ނިންމައި އެ ތަން ބޭނުން ކުރަން ފަށައިފިއެވެ.
ރީޖިނަލް އެއާޕޯޓްސް އިން ބުނީ އިންޑިއާގެ އެގްޒިމް ބޭންކުން ނެގި ލޯނުން ކުރިއަށްގެންދާ އެ މަޝްރޫއުުގައި ހިމެނޭ ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ މާޗު މަސް ތެރޭ ކަމަށެވެ.
އާ ރަންވޭގެ ބައެއް ހުޅުވާފައިވަނީ ރޭގަނޑު ވެސް ދަތުރުތައް ކުރެވޭނެހެން އެ ހިދުމަތްތަކާ ވެސް އެކުއެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަނީ އެ އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ބުރޫ ނަރާނެ ގޮތަކަށެވެ. އެގޮތުން ރަންވޭގެ މަސައްކަތް ކުރިއަށް ގެންދަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ.
ރަންވޭގެ ބާކީ އޮތް ބައިގެ މަސައްކަތް ކުރުމަށް ކުރީގެ ރަންވޭ ތަޅާލަން ޖެހޭ ކަމަށް ވެސް ރީޖިނަލް އެއާޕޯޓްސް އިން ބުނެއެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރަނީ 2،460 މީޓަރުގެ ރަންވޭއެކެވެ. އެ މަޝްރޫއު ނިމުމުން އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭނެއެވެ.
އެ މަޝްރޫއު ނިމުމުން އެއާބަސް އޭ320 އާއި ބޮއިން737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތްދޭނެއެވެ.



ގުޅުންހުރި
އެމްޕީއެލްގެ މުވައްޒަފަކަށް ފިޓް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް
އެފްޑީސީގެ ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިންމާލައިފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި، ކިލޯއަކަށް 20