މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިއުލާނު ކުރި 4،000 ފްލެޓު ލިބުނު މީހުންގެ ލިސްޓުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ހުއްދަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދީފި އެވެ.
އޭސީސީން ގެދޮރުވެރިޔާ ފްލެޓުތަކުގެ މައްސަލަ ބަލަން ފެށީ ކުރީ ސަރުކާރުގެ ފަހުކޮޅު ލިސްޓު އާންމުކޮށް ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ.
އެ މަސައްކަތް 16 ނޮވެމްބަރު 2023ގައި އެ ކޮމިޝަނުން ހުއްޓުވީ ފްލެޓު ހައްގު ނުވާ ބަޔަކަށް މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން އޭރުގެ ސަރުކާރުން ފްލެޓު ދީފައި ހުރި ކަމަށް އާންމުން ކުރަމުންދިޔަ ތުހުމަތުތަކުގެ ސަބަބުންނެވެ.
ފްލެޓް ދޫކުރުމުގެ ކަންކަން ހުއްޓުވާފައި އޮންނަތާ ދެ މަހަށްވުރެ ގިނަ ދުވަސް ފަހުން އޭސީސީން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، 4،000 ފްލެޓާ ގުޅިގެން އެ ކޮމިޝަނުން ބެލި މައްސަލައިގައި ފްލެޓް ދޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް ހައުސިން މިނިސްޓްރީއަށް އަންގާފައިވާ އެންގުން މިއަދު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
ނަމަވެސް ފްލެޓް ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން އަމަލު ކުރުމަށް މިނިސްޓްރީއަށް އަންގާފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ. އެގޮތުން މިނިސްޓްރީއަށް އޭސީސީން އެންގި ކަންތައްތަކަކީ:
- އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނުގެންނަން
- މައްސަލަ ހުރި ފޯމުތައް މުރާޖައާކުރަން
- މުރާޖައާކުރުމުގައި އުސޫލުގައި ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުން
- މުރާޖައާކުރުމުގައި ތަފާތުނުކޮށް އެއް މިންގަނޑަކުން އަމަލުކުރުން


ގުޅުންހުރި
ރޯދަ މަހު ތަކެތީގެ އަގުބޮޑުވިޔަ ނުދޭނަން، ގެނެވުނު ގޮތަކަށް ގެނެސް އަގުހެޔޮ
ރޯދައަށް މާލޭގެ މަގުތައް ސާފުކުރުން: އެއް ދުވަހުން 235 އުޅަނދު ޓޯކޮށްފި!
ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކޮށްފި
ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ މީހާ 15 ދުވަހަށް
ރޯދަމަހަށް މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ފަށައިފި
އެޗްޑީސީގެ ސީއެފްއޯ އާއި އިތުރު ވެރިއަކު ވަކިކޮށްފި